ޖިހާދު ދިރިއުޅުއްވާ އެޑްރެސް ސާފުނުވާތީ މައްސަލަ އަނބުރާ ޕީޖީއަށް ފޮނުވާލައިފި

ޖިހާދު ދިރިއުޅުއްވާ އެޑްރެސް ސާފުނުވާތީ މައްސަލަ އަނބުރާ ޕީޖީއަށް ފޮނުވާލައިފި

ގުޅުންހުރި

ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދުގެ މައްޗަށް ދައުލަތުން ކުރި ދައުވާއެއް ކުރިއަށް ނުގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ކުރުމަށް ދައުލަތުން ހައި ކޯޓަށް ހުށަހެޅި މައްސަލައެއް، ޖިހާދު ދިރިއުޅުއްވާ އެޑްރެސް ސާފުނުވާތީ ކޯޓުން އަނބުރާ ފޮނުވާލައިފިއެވެ.

ހައި ކޯޓުން މި ނިންމުން ނިންމީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ފޯރުކޮށްދިން އެޑްރެހުގައި ޖިހާދު ދިރިނޫޅުއްވާކަން އެނގުމާ ގުޅިގެންނެވެ. ނަމަވެސް، ޖިހާދަށް ޗިޓު ފޮނުވޭނެ އިންތިޒާމު ހަމަޖެއްސުމަށްފަހު މައްސަލަ އަލުން ހުށަހެޅުމުގެ ފުރުސަތު އޮތްކަން ހައި ކޯޓުން ފާހަގަކޮށްފައިވެއެވެ.

މި މައްސަލައިގައި ޖިހާދުގެ މައްޗަށް ދައުވާ އުފުލާފައިވަނީ 2013 ވަނަ އަހަރު ފިނޭންސް މިނިސްޓަރުގެ މަޤާމުގައި ހުންނެވިއިރު، ފުށިދިއްގަރުފަޅުގެ އެއްބަސްވުމުގައި ދައުލަތަށް ފައިދާނުވާގޮތަށް ޢަމަލުކުރެއްވި ކަމަށް ބުނެއެވެ. ކްރިމިނަލް ކޯޓުން މި މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމާފައިވަނީ ތަޙްޤީޤުގައި މައްސަލަތަކެއް ހުރި ކަމަށް ބުނެއެވެ.

މީގެ އިތުރުން، ނައިބު ރައީސްކަމުގެ މަޤާމުން ވަކިވުމަށްފަހުވެސް ދައުލަތުން ދޫކޮށްފައިވާ ރެހެންދި ފްލެޓް ހުސްނުކުރައްވައި ބޭނުންކުރެއްވި ކަމަށް ބުނެ 1.1 މިލިއަން ރުފިޔާ ހޯދުމަށް ދައުލަތުން ކުރިން ދަޢުވާކޮށްފައިވާ ކަމަށާއި، ނަމަވެސް އެ މައްސަލަ ފަހުން ވަނީ އަނބުރާ ގެންގޮސްފައެވެ. މިހާރު ޖިހާދު ހުންނެވީ މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސަރވިސަސް އޮތޯރިޓީގެ ޗެއަރމަންގެ މަޤާމުގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ