ސޯޝަލް މީޑިއާގައި ރައީސް މުއިއްޒުއަށް މަރުގެ އިންޒާރު ދިން މައްސަލައެއް ބަލީ

ސޯޝަލް މީޑިއާގައި ރައީސް މުއިއްޒުއަށް މަރުގެ އިންޒާރު ދިން މައްސަލައެއް ބަލީ

Author
ހުސައިން
26 ސެޕްޓެމްބަރ 2024 11:07
0

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް މަރުގެ އިންޒާރު ދިން މައްސަލައެއް ފުލުހުން ތަޙުޤީޤުކުރަން ފަށައިފިއެވެ.

މި އިންޒާރު ދީފައިވަނީ އދ.ގެ އާންމު މަޖިލީހުގެ ޖަލްސާގައި ރައީސް މުއިއްޒު ތަޤުރީރުކުރައްވަމުން ގެންދަވަނިކޮށް، އެ މަންޒަރު ދައްކަމުންދިޔަ ލައިވް ވީޑިއޯއަކަށް ފޭސްބުކުގައި ކުރި ކޮމެންޓެއްގައެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި، "އަބްލޯ މިޔާދު ޔޫސުފް" މި ނަމުގައި ސޯޝަލް މީޑިއާގައި ހަރަކާތްތެރިވާ ފަރާތަކުން ރައީސަށް މަރުގެ އިންޒާރު ދިން މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަޙުޤީޤުކުރަމުން ދާކަމުގައެވެ. މި އިންޒާރު ދިން ފޭސްބުކް އެކައުންޓަށް ގާތްގަނޑަކަށް ދިހަ މީހުން ފޮލޯކުރާ ކަމަށާއި، މީގެ ކުރިންވެސް އެހެން ފަރާތްތަކަށް މަރުގެ އިންޒާރު ދީފައިވާކަން ފާހަގަކުރެވެއެވެ.

މަރުގެ އިންޒާރު ދިނުމަކީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ ދަށުން ކުށެއްގެ ގޮތުގައި ކަނޑައަޅާފައިވާ ޢަމަލެކެވެ.

މި ކުށަށް ހަ މަސް ދުވަހާއި 18 މަސް ދުވަހާ ދެމެދުގެ ޖަލު ޙުކުމެއް ކުރެވިދާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.