ސުނާމީގައި ގެދޮރު ގެއްލުނު މީހުންގެ ބޯހިޔާވަހިކަމަށް ހައްލު ގެނެސްދެއްވީ ރައީސް ޔާމީން: ޑރ.ޝަހީމް

ސުނާމީގައި ގެދޮރު ގެއްލުނު މީހުންގެ ބޯހިޔާވަހިކަމަށް ހައްލު ގެނެސްދެއްވީ ރައީސް ޔާމީން: ޑރ.ޝަހީމް

Author
މުޙައްމަދު ޝަޒައިމް
26 ޑިސެމްބަރ 2020 04:11
0

ސުނާމީގައި ދިރިއުޅެމުންދިޔަ ބޯހިޔާވަހިކަން ގެއްލި ނިކަމެތިވި މީހުންނަށް ބޯހިޔާވަހިކަން ހޯދަވައި ދެއްވީ ރައީސް ޔާމީންކަމުގައި ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން ވެރިކަމާއި ހަވާލުވެ ސުނާމީގައި ގެދޮރު ގެއްލުނު ފަރާތްތަކަށް އެހައްގު ހޯދުމަށް ކުރެއްވި މަސައްކަތްތަކާއި ގުޅޭގޮތުން ޑރ.ޝަހީމް ވިދާޅުވީ ސުނާމީއަށް ދިހަ އަހަރުވީ އިރު ވަރަށް ގިނަ މީހުން ތިބީ ވަގުތީ ހިޔާތަކުގައިކަމަށެވެ. ވެރިކަމަށް ވަޑައިގަތްތާ 6 މަސް ދުވަހުގެ ތެރޭގައި ވަގުތީ ހިޔާތަކުގައި ނިކަމެތިވެފަ ތިބި ފަރާތްތަކުގެ ގެތައް ނިންމައި ދާއިމީ ހިޔާވަހިކަން ހޯއްދަވާދެއްވީ ރައީސް ޔާމީންކަމަށް ޝަހީމް ވިދާޅުވިއެވެ.

އެމަނިކުފާނުގެ ފުރަތަމަ ކެބިނެޓް ބައްދަލުވުމުގައި ކަމާގުޅޭ ވަޒީރުންނަށް އެންގެވީ ކޮންމެ އަގެއް ދައްކައިގެންވެސް ގެތައް ނިންމައި ރައްޔިތުން ދާއިމީ ހިޔަލަށް ބަދަލު ކުރުމަށް. ރައީސް ޔާމީނަކީ ރައްޔިތުންނާ ޤައުމު ދެކެ ވަރަށް ލޯބިވީ ރައީސެއް. އިޚުލާޞްތެރި ދުޢާއަކީ ރ ޔާމީނަށް އިންޞާފު ލިބި ޖަލުން މިނިވަންވެ ދިވެހި ޤައުމަށް އަލުން ޚިދުމަތްކުރެއްވުމުގެ ތައުފީޤު ދެއްވުން.

– ޑރ.ޝަހީމް ވިދާޅުވިއެވެ.

2014 ވަނަ އަހަރުގެ ފަހުކޮޅަށް އައި އިރުވެސް އޭރު ސުނާމީގެ ހިޔާވަހިކަން ހޯދަން އެދުނު ފަރާތްތަކަށް އެމަސައްކަތް ކުރި މީހުންނަށް މަސައްކަތް ނުނިމުމުން، އޭރުގެ ސަރުކާރުގެ ސީދާ ބެލުމުގެ ދަށުން ހައުސިންގ މިނިސްޓްރީއާއި ފިނޭންސް މިނިސްޓްރީ ގުޅިގެން މަސައްކަތް ކުރިއަށް ގެންގޮސް އެމަސައްކަތްވަނީ ނިންމާލާފައެވެ. ގއ ގައި އިމާރާތް ކޮށްފައިވާ 298 ގޭގެ އިތުރުން މަޑިފުށީގައި އިމާރާތް ކޮށްފައި 41 ގެއާއި، ދުވާފަރުގައި އިމާރާތް ކޮށްފައިހުރި 76 ގޭގެ މަސައްކަތްވެސް ނިމި ވެރިފަރާތާ ހަވާލުކޮށްފައިވަނީ 2015 ވަނަ އަހަރުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.