އެމްޑީޕީން މަޖިލިސް މެޖޯރިޓީ ބޭނުންކޮށްގެން ނިޒާމު ހައިޖެކް ކޮށްފި: އަލްހާން

އެމްޑީޕީން މަޖިލިސް މެޖޯރިޓީ ބޭނުންކޮށްގެން ނިޒާމު ހައިޖެކް ކޮށްފި: އަލްހާން

Author
މުޙައްމަދު ޝަޒައިމް
26 ޑިސެމްބަރ 2020 03:49
0

ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީން މަޖިލީހުގެ ސުޕަމެޖޯރިޓީ ބޭނުންކޮށްގެން ރާއްޖޭގައި އަމަލުކުރަމުންދާ ނިޒާމު ހައިޖެކު ކޮށްފައިވާކަމަށް މާލެސިޓީ ކައުންސިލް މޭޔަރުގެ މަޤާމަށް ވާދަ ކުރައްވާ އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.

ކައުންސިލް އިންތިޚާބު ލަސްކޮށް އިންތިޚާބު ނުބޭއްވުމަށް ކުރަމުންދާ މަސައްކަތްތަކައި ގުޅޭގޮތުން އަލްހާން ވިދާޅުވީ ކައުންސިލް އިންތިޙާބް ލަސްކުރާ ހަމައެކަނި ސަބަބަކީ އިންތިޙާބުން އެމްޑީޕީ ބަލިވާނެތީކަމަށެވެ. މިއަދު އެމްޑީޕީއަށް ލިބިފައިވާ މަޖިލީހުގެ ސުޕަމެޖޯރިޓީ ބޭނުންކޮށް ނިޒާމު އެއްކޮށް ހައިޖެކް ކޮށްފައިވާކަމަށް އަލްހާން ވިދާޅުވިއެވެ.

ލޯކަލް ކައުންސިލް އިންތިޚާބު ލަސްކުރަނީ އެމްޑީޕީއަށް ނާކާމިޔާބު ވާނެކަން އެނގޭތީ! މަޖްލިސް މެޖޯރިޓީ ބޭނުންކޮށްގެން ނިޒާމު ހައިޖެކް ކޮށްފި!

– އަލްހާން ވިދާޅުވިއެވެ.

ހެލްތު އެމެޖެންސީ ހުއްޖަތަކަށް ހަދައިގެން ކައުންސިލް އިންތިޚާބު ލަސްކުުރުމަކީ ޤާނޫނު އަސާސީއާއި ޚިލާފަށް ހިންގޭ އަމަލެއް ކަމުގައި ކުރީގެ އުއްތަމަ ފަޑިޔާރު ޑރ.އަހުމަދު އަބްދުﷲ ދީދީވެސް ވަނީ ވިދާޅުވެފައެވެ. ޑރ.އަހުމަދު އަބްދުﷲ ދީދީ ވިދާޅުވީ ހެލްތް އިމަރޖެންސީ ޙުއްޖަތަކަށް ހަދައިގެން ލޯކަލް ކައުންސިލް އިންތިޚާބް ލަސްކުރުމަކީ ޤާނޫނު އަސާސީގެ 255 ގެ (ނ) އާ ކަނޑައެޅިގެން ޚިލާފަށް ހިންގޭ ބާޠިލް އަދި ޣައިރު ދުސްތޫރީ އަދި ޣައިރު ދީމިޤްރާޠީ ޢަމަލެއްކަމަށެވެ.

ޤާނުނު އަސާސީގެ 255 ގެ (ނ) ގައި ބުނެފައިވަނީ ޤާނޫނުއަސާސީ އާއި ޤާނޫނުތަކުން ލިބިދޭ ޙައްޤުތަކާއި މިނިވަންކަމުގެ ތެރެއިން އެއްވެސް ޙައްޤެއް ނުވަތަ މިނިވަންކަމެއް ހިފަހައްޓާ ނަމަ އެކަން ކުރާންވާނީ ކުއްލި ނުރައްކަލުގެ ޙާލަތުގައި ކޮންމެހެން ހިފަހައްޓާން ޖެހިއްޖެ ޙައްޤެއް، ނުވަތަ މިނިވަންކަމެއް ކޮންމެހެން ހިފަހައްޓާން ޖެހިއްޖެ މިންވަރަކަށް ކަމުގައެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު ބޭއްވުމަށް ފުރަތަމަ ތާވަލުކޮށްފައި އޮތީ މިއަހަރުގެ އޭޕްރީލްމަހުގެ 4 ވަަނަ ދުވަހުއެވެ. ނަމަވެސް ރާއްޖޭގައި ކޯވިޑް ފެތުރެން ފެށުމުގެ ސަަބަބުން އިންތިޚާބު ވަނީ އަންނަ އަހަރުގެ މާރިޗް މަހުގެ 6 ވަނަ ދުވަހަށް ފަސްކޮށްފައެވެ. ނަމަވެސް މިހާރު މި މުއްދަތުގައި އިންތިޚާބް ބޭއްވިދާނެކަމާއިމެދު މިހާރުވަނީ ސުވާލު އުފެދިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.