އެއްގަމު އުޅަނދުތަކަށް މެޝިން ރީޑަބަލް ނަންބަރު ޕްލޭޓް ތަޢާރަފްކުރަން ނިންމައިފި

އެއްގަމު އުޅަނދުތަކަށް މެޝިން ރީޑަބަލް ނަންބަރު ޕްލޭޓް ތަޢާރަފްކުރަން ނިންމައިފި

އެއްގަމު އުޅަނދުތަކަށް މެޝިން ރީޑަބަލް ނަންބަރު ޕްލޭޓް ތަޢާރަފްކުރަން ޓްރާންސްޕޯޓް މިނިސްޓްރީން ނިންމައިފިއެވެ. މި ނިންމުމުގެ މައިގަނޑު މަޤްޞަދަކީ އުޅަނދު ރަޖިސްޓްރޭޝަން ފަދަ ކަންކަމަށް ހޭދަވާ ވަގުތު ކުޑަކުރުމާއި، އުޅަނދުތަކަށް ގެއްލުންދީ ވައްކަންކުރުން މަދުކުރުމެވެ.

މިނިސްޓްރީން ފާހަގަ ކޮށްފައިވާ ގޮތުގައި، މިހާރު ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި، ޚާއްޞަކޮށް މާލެ ސަރަހައްދުގައި، ރަޖިސްޓްރީނުކޮށް ނަންބަރު ޕްލޭޓް އަޅުވައިގެން ގިނަ އަދަދެއްގެ އުޅަނދު ދުއްވަމުންދާކަން ފާހަގަކުރެވިފައިވެއެވެ. މީގެ އިތުރުން، މިހާރު ބޭނުންކުރަމުންދާ ނަންބަރު ޕްލޭޓް ސިސްޓަމުގެ ސަބަބުން ތަންފީޛީ އިދާރާތަކަށް ޤާނޫނާއި ގަވާއިދު ތަންފީޛުކުރުމަށް ގިނަ ދަތިތަކާ ކުރިމަތިލާންޖެހޭކަންވެސް ފާހަގަކޮށްފައިވެއެވެ.

މެޝިން ރީޑަބަލް ނަންބަރު ޕްލޭޓް ތަޢާރަފްކުރުމުން، އެހެން ޤައުމުތަކެކޭ އެއްފަދައިން، ރާއްޖޭގައިވެސް ޒަމާނީ ފެންވަރުގައި އުޅަނދުތައް މޮނިޓަރކޮށް، ޤާނޫނާއި ގަވާއިދުތައް ތަންފީޛުކުރުން ފަސޭހަވެގެންދާނެ ކަމަށް މިނިސްޓްރީން ވިދާޅުވެފައިވެއެވެ. އަދި މި ނިޒާމުގެ ސަބަބުން ރަޖިސްޓްރީކޮށްފައިވާ އުޅަނދުތައް ޓްރެކްކުރެވި، އުޅަނދުގެ ވެރިފަރާތަށް އިތުރު ރައްކާތެރިކަން ލިބިގެންދާނެ ކަމަށްވެސް މިނިސްޓްރީން ފާހަގަކުރައްވާފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *