އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަކީ އިސްލާމްދީނުގެ އަދުއްވެއްކަމަށް ދޭހަވާ އިބާރާތަކުން ޝައިޚު ޑރ.މުހައްމަދު އިޔާޒު ސިފަ ކުރައްވައި ދެއްކެވި ވާހަތަކަކީ ދީނީ އެއްބައިވަންތަކަމުގެ ޤަނޫނާއި ޚިލާފަށް ކޮށްފައިވާ ކަމެއްކަމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.
ކްރިސްޓިއަނުން ކޮންމެ އަހަރެއްގެ ފަހުކޮޅު ފާހަގަކުރާ އެމީހުންގެ ހާއްސަ ދުވަސް "ކްރިސްމަސް ޑޭ" ގެ ތަހުނިޔާ އެދުވަސް ފާހަގަކުރާ އެންމެނަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެންނެވުމާއި ގުޅިގެން ދީނީ އިލްމުވެރިން ދަނީ މިމައްސަލާގައި އެބޭފުޅުން ދެކޭގޮތުގައި ރައުޔުނެރެ މިކަން ހަރުކަށި އިބާރާތުން ކުށްވެރިކުރަމުންނެވެ. ރައީސް ނަޝީދު ކްރިސްމަސް ފާހަގަކުރާ ފަރާތްތަކަށް ތަހުނިޔާ ވިދާޅުވެފައިވާއިރު ރާއްޖޭގެ ސިޔާސީ އެހެން އެއްވެސް ބޭފުޅަކު މިދުވަހާއި ގުޅިގެން އެއްވެސް އެއްޗެއް ބުނެފައިނުވެއެވެ. އަދި މިދުވަހަކީ އިސްލާމްދީނުގައި ފާހަގަކުރުން ހުއްދަކުރާ ދުވަހަކަށް ނުވާއިރު، މިކަމުގައި ބައިވެރިނުވުމަށް ދުރާލައި އިލްމުވެރިން ދިޔައީ އިލްތިމާސް ކުރަމުންނެވެ.
ރައީސް ނަޝީދު މިދުވަސް ފާހަގަކުރުމަށް ކޮށްފައިވާ ޓްވީޓާއި ގުޅިގެން ޑރ.އިޔާޒު ވިދާޅުވީ މީގެކުރިންވެސް ތިމާގެ ނުލަފާކަމާއި، ތިމާގެ ޕާޓީ މީހުން ނޫން މީހުންނަށް ތިމަންނާގެ ފަރާތުން ކަމެއް ނުވާނެކަމަށްބުނެ ވާހަކަ ދައްކައި ދީނަށް ހަޖޫހަޖާފައިވާ ބޭފުޅަކު އިދިކޮޅު ދީނެއްގެ އަޤީދާ ޤަބޫލުކުރާ ބަޔަކަށް ތަހުނިޔާ ކިޔަމުން ދޭހަވަނީ އެމީހެއްގެ ހިތުގައި މައިންބަފައިން ދަސްކޮށްދިން ދީނަށް ކުޑަވެސް ލޯތްބެއް ނެތުންކަމުގައެވެ.
އިޔާޒުގެ މިވާހަތަކާއި ގުޅިގެން އަލީ އާޒިމް ވިދާޅުވީ ރައީސް ނަޝީދަކީ އިސްލާމްދީނަށް ލޯބިކުރާ އިސްލާމްދީން ޤަބޫލުކޮށް، ދީނަށް އުޅުއްވާ ބޭފުޅެއްކަމަށެވެ. އަދި އިޔާޒުގެ ވާހަތަކަކީ ދީނީ އެއްބައިވަންތަކުގެ ޤާނޫނާއި ޚިލާފަށް ދެއްކެވި ވާހަކަތަކެއްކަމަށް އާޒިމްވަނީ ވިދާޅުވެ، އިޔާޒު ހެއްދެވީ ބޮޑު ގޯހެއްކަމަށް ވިދާޅުވެފައެވެ.
Dr Iyaz thiya hehdevee goaheh. @MohamedNasheed akee furihama ah Islaam dheen qabool koh ey dheenah ulhey beyfulheh. Dheenuge adhuhvun kanda eylhumah onanee Qaanoon. @dr_iyaz thiy dheenee ehbaivantha kamuge Qaanoon aai hilaaf ve lahvanee.https://t.co/Ts7NA5U1IH
— ??? ???? (@aliaazim) December 26, 2020
ރައީސް ނަޝީދު މިދުވަސް ފާހަގަކުރުމަށް ކޮށްފައިވާ ޓްވީޓާއި ގުޅިގެން ޑރ.އިޔާޒު ވިދާޅުވީ މީގެކުރިންވެސް ތިމާގެ ނުލަފާކަމާއި، ތިމާގެ ޕާޓީ މީހުން ނޫން މީހުންނަށް ތިމަންނާގެ ފަރާތުން ކަމެއް ނުވާނެކަމަށްބުނެ ވާހަކަ ދައްކައި ދީނަށް ހަޖޫހަޖާފައިވާ ބޭފުޅަކު އިދިކޮޅު ދީނެއްގެ އަޤީދާ ޤަބޫލުކުރާ ބަޔަކަށް ތަހުނިޔާ ކިޔަމުން ދޭހަވަނީ އެމީހެއްގެ ހިތުގައި މައިންބަފައިން ދަސްކޮށްދިން ދީނަށް ކުޑަވެސް ލޯތްބެއް ނެތުންކަމުގައެވެ.
ކޮމެންޓު ފޮނުވާ