މާލޭގެ އެއްވެސް ސަރަޙައްދަކުން ޕާކިންގ ސްލޮޓް ކުއްޔަށް ނުދިނުމަށް ސިޓީ ކައުންސިލަށް އަންގައިފި

މާލޭގެ އެއްވެސް ސަރަޙައްދަކުން ޕާކިންގ ސްލޮޓް ކުއްޔަށް ނުދިނުމަށް ސިޓީ ކައުންސިލަށް އަންގައިފި

ގުޅުންހުރި

މާލޭގެ އެއްވެސް ސަރަޙައްދަކުން ޕާކިންގ ސްލޮޓް ކުއްޔަށް ނުވަތަ އެހެން ގޮތަކަށްވެސް ދޫކުރުން ހުއްޓާލުމަށް ޓްރާންސްޕޯޓް މިނިސްޓްރީން މާލޭ ސިޓީ ކައުންސިލަށް އަންގާފައިވެއެވެ.

މިނިސްޓްރީން ކުރި އިޢުލާނުގައި ބުނެފައިވަނީ މި ފިޔަވަޅު އަޅަން ޖެހުނީ މާލޭގެ މަގުތަކުގައި އާންމު ބޭނުމަށް އޮންނަ ޖާގަ ކުޑަވެ، މަގުތައް ބޭނުންކުރުމުގައި ދަތިތަކެއް ކުރިމަތިވެފައިވާތީ ކަމުގައެވެ. މީގެ އިތުރުން، ޒަރޫރީ ބޭނުންތަކަށް މާލެއަށް އަންނަ ފަރާތްތަކަށް ވަގުތީ ގޮތުން ޕާކުކުރާނެ ޖާގަ ނުލިބުމުގެ ދަތިކަން ހައްލުކުރުމަށާއި، ރައްޔިތުންނަށް ހަމަހަމަ ގޮތެއްގައި މަގުތަކުގެ އާންމު ޖާގަތައް ބޭނުންކުރެވޭނެ ގޮތް ހެދުމަށް މިނިސްޓްރީން މަސައްކަތް ފަށާފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

މި އައު އުސޫލު 2024 ސެޕްޓެންބަރު 23 އިން ފެށިގެން ޢަމަލުކުރަން ފަށާފައިވާއިރު، މާލޭ ސިޓީ ކައުންސިލުން މިހާތަނަށް ކުއްޔަށް ދޫކޮށްފައިވާ ސްލޮޓްތަކުގެ މުއްދަތު ހަމަވުމުން، އެ ޖާގަތައްވެސް އަލުން ކުއްޔަށް ނުދިނުމަށް ކައުންސިލަށް އަންގާފައިވެއެވެ.

މި ފިޔަވަޅަކީ މާލޭގެ ޕާކިންގ މައްސަލަ ހައްލުކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން އެއް ފިޔަވަޅެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ