ކޯވިޑްގެ ހާލަތުގައިވެސް ސަރުކާރާއިއެކީ ރައްޔިތުންދަނީ އެއްބައިވަންތަކަން ދައްކަމުން: އެމްއާރުއެމް

ކޯވިޑްގެ ހާލަތުގައިވެސް ސަރުކާރާއިއެކީ ރައްޔިތުންދަނީ އެއްބައިވަންތަކަން ދައްކަމުން: އެމްއާރުއެމް

Author
މުޙައްމަދު ޝަޒައިމް
26 ޑިސެމްބަރ 2020 01:51
0

އެއްބައިވަންތަކަމުގެ ދުވަސް މިއަދު ފާހަގަކުރަމުންދާއިރު، ކޯވިޑް-19 ގެ މިހާލަތުގައިވެސް ދިވެހި ސަރުކާރާއިއެކު، ރައްޔިތުން އެއްބައިވަތަކަން މަތީ ތިބިކަން ސާބިރުކޮށްދެއްވާކަމަށް އެމްއާރުއެމްއިން ބުނެފިއެވެ.

މީގެ16 އަހަރު ކުރިން ރާއްޖެއަށް ކުރިމަތިވި ސުނާމީގެ ނުރައްކާތެރި ހާލަތުގައި އޭރުގެ ވެރިކަމުގެ ހުންނެވި ރައީސް އަލްއުޘްތާޒު މައުމޫން އަބްދުލް ޤައްޔޫމުގެ އެމްއާރުއެމްއިން ދުވަހާއި ގުޅިގެން ނެރުނު ބަޔާނުގައި ބުނެފައިވަނީ މި ދުވަސް ފާހަގަ މި ކުރަނީ ރާއްޖޭގެ ފަހުގެ ތާރީޚުގައި ހިނގައިދިޔަ ވަރަށް ހިތާމަވެރި އަދި ބިރުވެރި ހާދިސާއެއް ކަމަށްވާ ސުނާމީ ކާރިސާއާ ގުޅިގެން ދިވެހި ރައްޔިތުން ދެއްކެވި އަޚުވަންތަ ކަމާއި އެއްބައިވަންތަކަން ފާހަގަ ކުރުމުގެ ގޮތުންކަމަށެވެ. ރައީސް މައުމޫން ވަނީ އެމަނިކުފާނުގެ ވެރިކަމުގައި ސުނާމީ ހާދިސާގައި ދަތި ހާލުގައި ޖެހުނު މީހުންނަށް އެހީތެރިކަން ފޯރުކޮށްދެއްވައި އެހާދިސާގައި ވަރަށް ރަނގަޅަށް ރައްޔިތުންނަށް ޙިދުމަތްކޮށްދެއްވާފައެވެ.

އެދުވަހުގެ އެ ނާޒުކު ދަނޑިވަޅުގައި ދިވެހި ލޮބުވެތި ރައްޔިތުން ދެއްކެވީ ދުލާއި ޤަލަމުން ބަޔާން ނުކުރެވޭ ފަދަ އެއްބައިވަންތަކަމެކެވެ. ދިވެހި ރާއްޖޭގެ ޤައުމީ އެއްބައިވަންތަ ކަމުގެ ދުވަސް ފާހަގަކުރަނީ، އެ ދުވަހު މިދުނިޔެ އާއި ވަކިވެ ދިޔަ ދިވެހީންގެ ޒިކުރާ އާކުރުމުގެ ގޮތުންނާއި އެ ދުވަހު ދިވެހީން ދެއްކެވި އެއްބައިވަންތަކަމުން ޢިބްރަތް ލިބިގަތުމަށް. މި ފަދަ ދުވަހެއް ފާހަގަ ކުރާއިރު ސުނާމީ ކާރިސާގައި ދިވެހިރައްޔިތުން ދެއްކެވި މަތިވެރި ޤައުމީ ރޫޙުގެ ހަނދާން އާކޮށް، އެއިން  ޢިބްރަތް ލިބިގަންނަން ޖެހޭ.

– އެމްއާރުއެމްގެ ބަޔާނުގައިވެއެވެ.

މިބަޔަނުގައި ބުނެފައިވަނީ އެ ދުވަހު ދިވެހި ރައްޔިތުން އިސްކުރައްވާފައިވަނީ ޤައުމީ މަސްލަޙަތާއި ޤައުމީ އެއްބައިވަންތަކަން ކަމުގައެވެ. ޤައުމަށް ދިމާވާ މިފަދަ ކޮންމެ ދަތި އުނދަގޫ އަދި ހިތާމަވެރި ދަނޑިވަޅެއްގައި ޤައުމީ މަސްލަހަތު އިސްކޮށް، ދިވެހި ކޮންމެ ފަރުދަކު ވެސް މަސައްކަތް ކުރުމަކީ ކޮންމެހެން ކުރަން ޖެހޭނެ ކަމެއްކަމަށާއި، އެގޮތުން، ކޯވިޑް-19 ގެ މިހާލަތުގައިވެސް ސަރުކާރާއެކު ދިވެހި ރައްޔިތުން ދައްކުވައިދެއްވާފައިވަނީ ޤައުމީ އެއްބައިވަންތަކަން ކަމުގައެވެ. އަދި ކޯވިޑް-19 ބަލި ޖެހޭ މީހުންގެ އަދަދު ދަށުގައި ހިފެހެއްޓިފައި މިވަނީ އެއްބައިވަންތަކާމާއެކު، ސަމާލުވެ ތިބެ ރައްކާތެރި ކަމުގެ ފިޔަވަޅުތައް ދޫކޮށްނުލާތީކަމަށް މިބަޔާނުގައިވެއެވެ.

އެދުވަހު އެ ހިތާމަވެރި ކާރިސާ ގައި އަޅުގަނޑުމެންނާ ވަކިވެގެން ދިޔަ އަޚުންނާއި އުޚުތުންގެ ފާފަ ފުއްސަވާ ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކޮށްދެއްވުން އެދި މާތް ﷲ ހަޟްރަތުގައި ދުޢާ ދަންނަވަމެވެ. އަދި މި ފުރުޞަތުގައި އެ ލޮބުވެތި އަޚުންނާއި އުޚުތުންގެ އާއިލާ ތަކަށް މިއަދުވެސް ނުހަނު އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ދަންނަވަމެވެ.

– އެމްއާރުއެމްގެ ބަޔާނުގައިވެއެވެ.

2004 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ސުނާމީގެ ކާރިސާގައި މިދުނިޔެ ދޫކުރި ދިވެހީންނާއި ގެއްލުނު ދިވެހީންގެ ޖުމްލަ ޢަދަދު 108 އަށް އަރައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.