އަލީ ހަމީދަށް މިލިޔަނުން ޑޮލަރުދިން މައްސަލަ އިންތިޤާލީ އިންސާފު އޮފީހުން ބަލަންކެރޭނެތޯ؟

އަލީ ހަމީދަށް މިލިޔަނުން ޑޮލަރުދިން މައްސަލަ އިންތިޤާލީ އިންސާފު އޮފީހުން ބަލަންކެރޭނެތޯ؟

Author
މުޙައްމަދު ޝަޒައިމް
26 ޑިސެމްބަރ 2020 12:05
0

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢަލީ ހަމީދަށް 2.4 މިލިއަން ޑޮލަރުގެ ލޯނު އެހީ ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ "ވިލާ" ކުންފުނިން ދިންކަމަށް ބުނެފައިވާ މައްސަލަ މިހާރު އުފައްދާފައިވާ އިންތިޤާލީ އިންސާފު އޮފީހުން ބަލަންކެރިދާތޯ، ކްރިނަލް ކޯޓުގެ ކުރީގެ ޤާޒީ އަހުމަދު ހައިލަމް ސުވާލު ކުރައްވައިފިއެވެ.

އިންތިޤާލީ އިންސާފުގެ ޤާނޫނާއިއެކު ފަނޑިޔާރުންނަށް ތުހުމަތުކުރެވޭ އެކި މައްސަލަތައް ބަލަން ކެރިދާނެތޯ މީގެ ކުރިންވެސް ހައިލަމް ވަނީ ސުވާލު އުފައްދަވާފައެވެ. ރައީސް ޔާމީންގެ ވެރިކަމުގައި އެކެއް ފެބުރުއަރީ 2018ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާއި ގުޅިގެން ފުލުހުންވަނީ ގިނަ ތުހުމަތުތަކެއް އޭރުގެ ފަނޑިޔާރުންނަށް ތިއްބެވި ބޭފުޅުންނަށް ކޮށްފައެވެ.

އެގޮތުން ސްޕްރީމްކޯޓުގެ ފަނޑިޔާރު އަލީ ހަމީދަށް ނިސްބަތްވާ ދަބަހަކުން 215،000 ޑޮލަރާއި 150،000 ރުފިޔާ ފެނިފައިވާ ކަމަށް ފުލުހުންވަނީ ބުނެފައެވެ. މީގެ އިތުރުން އަލީ ހަމީދުގެ އާއިލާއަށް ކުރީގެ ރައީސް މައުމޫން ތަފާތު އެކި ގޮތްގޮތުން އެހީވަމުން އަންނަ ކަމަށް ތަހުގީގަށް ޔަގީން ކުރެވިފައިވާ ކަމަށް ފުލުހުން ވަނީ މިކަމާއި ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމުގައި ވިދާޅުވެފައެވެ.

މީގެ އިތުރުން އަލީ ހަމީދު ރިޝްވަތުގެ ފައިސާ ބޭނުން ކޮށްގެން ފްލެޓެއް ގަނެފައިވާ ކަމުގެ ކިތާބީ ހެކި ޔަގީން ކުރެވޭ ވަރަށް ލިބިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އަދި ރާއްޖޭގައި ވިޔަފާރިކުރަމުން އަންނަ ބިޔަ ކުންފުންޏަކުން 2.4 މިލިއަން ޑޮލަރުގެ ލޯނު އެހީ އަލީ ހަމީދަށް ދީފައިވާކަމުގެ ކިތާބީ ހެކި ވަނީ ޔަގީންވާ ވަރަށް ލިބިފައިވާ ކަމަށް ވެސް ފުލުހުން ވަނީ ވިދާޅުވެފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.