2004 ވަނަ އަހަރު ދިވެހި ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިޘާގައި، ލިބުނު ގެއްލުންތަކުން އަރައިގަތުމުގައި އެހާއަވަހަށް ކާމިޔާބީ ހޯދިފައވަނީ ދިވެހިންގެ ތެރެއިން ފެނިގެންދިޔަ އެއްބައިވަންތަ ކަމުގު ސަބަބުންކަމުގައި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
މީގެ16 އަހަރުކުރިން ރާއްޖެއަށް ކުރިމަތިވި ސުނާމީ ހާދިސާގައި ރާއްޖެއަށް އެކި ގޮތްގޮތުން ދުނިޔޭގެ އެކި ޤައުމުތަކުންނާއި، ޖަމްއިއްޔާ ޖަމާއަތްތަކުން ލިބިފައިވާ އެހީތެރިކަން ފާހަގަކޮށް ޝުކުރު އަދާކުރުމަށް މިއަދު ބޭއްވި ޚާއްސަ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޝާހިދު ވިދާޅުވީ ރާއްޖޭގެ ތާރީޚުގައި ދުށް އެންމެ ހިތްދަތި، ދުވަހަކީ ސުނާމީގެ ބިރުވެރި، ހިތްދަތި ދުވަސްކަމަށެވެ. އެދުވަހު ދިވެހި ރައްޔިތުންނަށް ލިބިގެންދިޔަ ގެއްލުންތަކަކީ ހަނގުރާމައިގެ މައިދާނެއްގައިވެސް ލިބިގެންދާފަދަ ނުރައްކާތެރި ބޮޑެތި ގެއްލުންތަކެއްކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.
ސުނާމީއަކީ ދިވެހި ރާއްޖެދުށް އެންމެ ހިތްދަތި ދުވަސް. އެދުވަހުގެ ރާޅުގައި އަޅުގަނޑުމެންގެ އަހުންނާއި އުހުތުންގެ ތެރެއިން އެތައްބަޔަކު ވަނީ ކަނޑުގައި އަރަގުވެ ނިޔާވެފަ. އެރާޅު ދިވެހި ރާއްޖެއަށް ދިން ގެއްލުން ދާދިގާތުން ދުށުމުގެ ފުރުސަތު އަޅުގަނޑަށް ލިބުނު. އެގެއްލުމުގައި ހަނގުރާމައެއްގެ މައިދާނުގައި ލިބިފައިވާ ގެއްލުންތަކެއް ފަދައިން އަޅުގަނޑުމެންގެ ގެދޮރާއި، އަޅުގަނޑުމެންގެ ބިނާތައް ފުޑުފުޑުވެ، ރަށްތައް ގޮވާފައި ހުއްޓައި އަޅުގަނޑު ދުށިން. ދިވެހި ރައްޖޭގެ ރައްޔިތުންގެ ލޮލުން އެދުވަހު އަންނަމުންދިޔަ ކަރުނަ އަޅުގަނޑު ވަރަށް ގާތުން ދުށިން.
– ޝާހިދު ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ އެނުރައްކާތެރި ވަގުތުގައި ކުރިމަތިވެ ގެއްލުންތަކުން އަރައިގަތުމަށް ދިވެހިންގެ ތެރެއިން އެތައްބަޔަކު ކުރި ހިތްވަރާއި އދެއްކި އެއްބައިވަންތަ ކަމަކީ ދިވެހި ތާރީހުގައި އެފަދަ އެއްބައިވަންތަކަން ދެވަނަ ފަހަރަށް ނާންނާނެފަދަ ދުވަހެއްކަމަށެވެ. ސުނާމީއަށް16 އަހަރު ވެގެންދާއިރު، މިއަދު ހޯދިފައިވާ އެންމެބޮޑު ކާމިޔާބީއަކީ ދިވެހިންގެ މެދުގައި އޮތް އެއްބައިވަންތަކަމާއި، އެއްބައިވަންތަން ކަމުގައި މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.
އެހިތްދަތިކަމާއި އެ ނުރައްކާތެރިކަމުން އަރައިގަތުމުގައި، ދިވެހިރާއްޖެ ހޯދި ކާމިޔާބީވެސް އަޅުގަނޑު ދުށިން. އެކާމިޔާބީގެ ފަހަތުގައިވާ ހަގީގީ މަސްދަރަކީ ކޮބައިކަންވެސް އަޅުގަނޑަށް އެގޭ. އެހަޤީޤީ މަސްދަރަކީ ދިވެހި ރައްޔިތުންގެ އެއްބައިވަންތަކަން. އެއްބައިވަންތަކަން. ދިވެހި ރާއްޖޭގެ ރައްޔިތުން 26 ޑިސެމްބަރު 2004 ގައި އެދިމާކުރި ވަރުގަދަ ރާޅާއިއެކު އެއްބައިވެގެން އެކުވެރިވެގެން އެދިޔަ ދުވަހަށްވުރެ ގަދަޔަށް ދިވެހި ރައްޔިތުން އެއްބައިވި ދުވަހެއް ދިވެހި ރާއްޖޭގެ ތާރީހުގައި ނެތޭ ދެންނެވުމަކީ ދޮގަކަށް ނުވާނެ.
– ޝާހިދު ވިދާޅުވިއެވެ.
ސުނާމީ ކާރިޘާއަކީ، ފަހުގެ ތާރީޚެއްގައި ރާއްޖެއަށް ކުރިމަތިވި، ރެކޯރޑްކުރެވިފައިވާ އެންމެ ބޮޑު ކާރިޘާއެވެ. މިއަދަކީ، ސުނާމީގެ ބިރުވެރި ކާރިޝާ ކުރިމަތިވިތާ 16 އަހަރުފުރުނު ދުވަހެވެ. މުޖުތަމަޢަކަށް ލިބޭނެ އެންމެ ބޮޑު އެއް ނިޢުމަތަކީ، އެމުޖުތަމަޢަކީ އުޚުއްވަތްތެރި އެއްބައިވަންތަ، އެއްބައެއްވަންތަ ބައެއްކަމުގައި ވުމެވެ. ޑިސެމްބަރު މަހުގެ 26 ވަނަ ދުވަސް އެއްބައިވަންތަކަމުގެ ދުވަހުގެގޮތުގައި ފާހަގަކުރަމުންދާއިރު، ފަހުގެ ތާރީޚެއްގައި ދިވެހިންގެ އެއްބައިވަންތަކަން އެންމެބޮޑަށް ފެނިގެންގޮސްފައިވަނީ 2004 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ 26 ވަނަދުވަހުއެވެ.
ސުނާމީ ކާރިޘާގައި ރާއްޖެއިން 82 މީހުން މަރުވެ 26 މީހުން ގެއްލުނެވެ. ސުނާމީ ކާރިޘާއާ ގުޅިގެން ދިވެހިންގެކިބައިން ފެނިގެންދިޔަ އެއްބައިވަންތަކަމަކީ މިއަދު މިދުވަސް ފާހަގަކުރާ އެންމެ ބޮޑު ސަބަބެވެ. އެދުވަހު އެއްބަޔަކު އަނެއްބަޔަކަށް އެހީވުމަށް އަތުކުރިއޮޅާލައި، ދިވެހިން ވަނީ ވަރަށް ފުރިހަމަ ނަމޫނާއެއް ދައްކާފައެވެ.
ކޮމެންޓު ފޮނުވާ