ރައީސް އޮފީހުގެ ކެބިނެޓް ސެކްރެޓަރީ ބީއެމްއެލްގެ ބޯޑަށް އައްޔަންކުރަނީ

ރައީސް އޮފީހުގެ ކެބިނެޓް ސެކްރެޓަރީ ބީއެމްއެލްގެ ބޯޑަށް އައްޔަންކުރަނީ

Author
އަހުމަދު
17 ސެޕްޓެމްބަރ 2024 02:10
0

ރައީސް އޮފީހުގެ ކެބިނެޓް ސެކްރެޓަރީ އަހުމަދު އަލީ ހަބީބު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ބޯޑަށް އައްޔަން ކުރުމަށް ސަރުކާރުން އޭނާގެ ނަން ފޮނުވައިފިއެވެ.

އަހުމަދުގެ ނަން ފޮނުވިއިރު، އެކްސްޓާ އޯޑިނަރީ ޖެނެރަލް ބައްދަލުވުން އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަހުމަދުގެ އިތުރުން މުހައްމަދު ޝާހިދާއި އަލީ އިރުފާން ބީއެމްއެލްގެ ބޯޑަށް އައްޔަން ކުރުމަށް ސަރުކާރުން މީގެކުރިން ވަނީ ފޮނުވައިފައެވެ.

ބ. އޭދަފުއްޓަށް އުފަން އަހުމަދަކީ ޗާޓާޑް އެކައުންޓަންޓެކެވެ. އަހުމަދު ވަނީ 2021 އިން 2019 އަށް އެޗްޑީސީގެ ބޯޑުގެ މެމްބަރުކަން ކުރެއްވުމުގެ އިތުރުން 2003 ވަނަ އަހަރުން ފެށިގެން 2023 އާ ހަމައަށް އެޕޯލޯ ހޯލްޑިން ޕްރައިވެޓް ލިމިޑެޓްގެ ޖެނެރަލް މެނޭޖަރުގެ މަގާމު ވެސް އަދާކުރައްވައިފައެވެ.

ބީއެމްއެލްގެ އެކްސްޓާ އޯޑިނަރީ ޖެނެރަލް ބައްދަލުވުމުގައި ބައިވެރިވޭނީ މި މަހުގެ މަހުގެ 10 ވަނަ ދުވަހާ ހަމައަށް އެ ބޭންކުގެ ހިއްސާދާރުންގެ ދަފްތަރުގައި ރަޖިސްޓަރީ ވެފައިވާ މީހުންނަށެވެ.

ބީއެމްއެލްގެ ބޯޑުގައި 11 މެމްބަރުން ތިއްބަވައެވެ. އެއީ ސަރުކާރުން އައްޔަންކުރާ އަށް މެންބަރުންނާއި އާންމު ހިއްސާދާރުންގެ ފަރާތުން ބޯޑު ތަމްސީލުކުރާ ތިން މެންބަރުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.