ފެންނަނީ ޑިމޮކްރަސީއާ ދުރަށް ދާ ތަން: ޝާހިދު

ފެންނަނީ ޑިމޮކްރަސީއާ ދުރަށް ދާ ތަން: ޝާހިދު

Author
އަހުމަދު
15 ސެޕްޓެމްބަރ 2024 01:27
0

ޑިމޮކްރަސީ އާ ދުރަށް ދާ ތަން ފެންނަމުންދާ ކަމަށް އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެއެވެ.

ޝާހިދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޑިމޮކްރަސީގެ ދުވަސް މިއަދު ފާހަގަކުރާ އިރު، ރާއްޖެ އިން މިއަދު ފެންނަނީ ޑިމޮކްރަޓިކް ހަމަތަކާއި އުސޫލްތަކާ ދުރަށް ދާ ތަން ކަމަށެވެ. އަދި އެއީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމުގައި ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވި ގޮތުގައި ޑިމޮކްރެޓިކް ހަމަތަކާއި ތަރައްގީ ވަނީ ގުޅިލާމެހިފައެވެ.

ރާއްޖޭގައި ޑިމޮކްރަސީގައި ހޯދުމުގެ ކާމިޔާބީތަކާއި ދުރަށް ނުދިޔުމަށް ގަދައަޅައި މަސައްކަތްކުރަން ޖެހޭނެކަމަށާއި، ޚިޔާލުފާޅުކުރުމާއި، އެއްވެއުޅުމުގެ މިނިވަންކަމާއި، އިންސާނީ ހައްގުތަކާއި ގާނޫނުގެ ވެރިކަން ނެގެހެއްޓުމަށް މަސައްކަތްކުރަން ޖެހޭނެކަމަށް ޝާހިދު ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.