މާދަމާ ސަރުކާރު ބަންދު ނަމަވެސް، ކަސްޓަމްސްގެ ބައެއް ޚިދުމަތްތައް އާންމު އުސޫލުން ލިބޭނެ

މާދަމާ ސަރުކާރު ބަންދު ނަމަވެސް، ކަސްޓަމްސްގެ ބައެއް ޚިދުމަތްތައް އާންމު އުސޫލުން ލިބޭނެ

Author
ހުސައިން
14 ސެޕްޓެމްބަރ 2024 03:21
0

މާދަމާ އަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅާފައިވާ، ކީރިތި ރަސޫލާގެ އީދު މީލާދީ ދުވަސް ނަމަވެސް، ކަސްޓަމްސްގެ ބައެއް ޚިދުމަތްތައް އާންމު އުސޫލުން ކުރިއަށްދާނެކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ބުނެފިއެވެ.

އެގޮތުން، މާދަމާ ޚިދުމަތް ދެމުންދާނެ ކަމަށް އެ އިދާރާއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ޕެސެންޖަރ ކްލިއަރެންސް ސެކްޝަނާއި، އެއަރ ކާގޯ ޑޮކިއުމެންޓޭޝަނާއި، އެގްޒަމިނޭޝަން ސެކްޝަންގެ ކޫރިއަރ ކާގޯ ޔުނިޓުންނެވެ.

އަދި ހަމައެއާއެކު، ކަނޑު އުޅަނދުފަހަރަށް އިންވާޑް އަދި އައުޓްވާޑް ކްލިއަރެންސް ދޭންޖެހޭ ހާލަތްތަކުގައި ހާބަރ މެނޭޖްމަންޓް ސެކްޝަނުންވެސް ޚިދުމަތް ފޯރުކޮށްދޭނެއެވެ.

ބައެއް ބަންދު ދުވަސްތަކުގައިވެސް، ރައްޔިތުންނަށް މުހިންމު ޚިދުމަތްތައް މެދުނުކެނޑި ލިބޭނެ އިންތިޒާމު ކަސްޓަމްސްއިން ހަމަޖައްސާފައިވާކަން ފާހަގަކުރެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.