ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) ހޯމް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފި

ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) ހޯމް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފި

Author
ހުސައިން
10 ސެޕްޓެމްބަރ 2024 07:44
0

ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) ހޯމް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފިއެވެ.

މި ބަދަލު ގެނައުމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުނު ދެންނެވުމެއްގައި ވަނީ، ކުރިން މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވޯކްސްގެ ދަށުން ހިންގަމުން އައި ކޭމް، މިހާރު ބަދަލުކުރެވިފައިވަނީ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީގެ ދަށަށް ކަމަށް ބަޔާންކޮށްފައެވެ.

މި ބަދަލާއެކު، ފިޔަވަޅު އެޅުމާއި ގުޅުންހުރި އަދި ޤާނޫނުތައް ތަންފީޒުކުރާ ގިނަ އިދާރާތަކެއް ވަނީ ހޯމް މިނިސްޓްރީގެ ބެލުމުގެ ދަށަށް ބަދަލުކުރެވިފައެވެ. މީގެ ތެރޭގައި ކަސްޓަމްސް، އިމިގްރޭޝަން، ނޭޝަނަލް ޑްރަގް އޭޖެންސީ އަދި ކޭމް ފަދަ ގިނަ މުއައްސަސާތަކެއް ހިމެނެއެވެ.

މި ހުރިހާ އިދާރާތަކެއް މިހާރު ވަނީ ހޯމް މިނިސްޓްރީގެ މެންޑޭޓްގެ ދަށަށް ގެނެވިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.