ރާއްޖެ އާއި މެލޭޝިއާގެ މަތީ ތައުލީމް ކުރިއެރުވުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

ރާއްޖެ އާއި މެލޭޝިއާގެ މަތީ ތައުލީމް ކުރިއެރުވުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

ގުޅުންހުރި

މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްއާއި މެލޭޝިޔާގެ އެޑިޔުކޭޝަން މިނިސްޓްރީގެ ދަށުން ހިންގާ އެޑިޔުކޭޝަން މެލޭޝިޔާ ގްލޯބަލް ސަރވިސެސް (އީއެމްޖީއެސް) އިން ދިވެހިރާއްޖެއާއި މެލޭޝިޔާގެ މަތީ ތަޢުލީމު ކުރިއެރުވުމުގެ އެއްބަސްވުމެއްގައި ސޮއިކޮއްފިއެވެ.

މިއަދު މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަންގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ ޑރ. މަރްޔަމް މާރިޔާއެވެ. އަދި މެލޭޝިޔާގެ އީއެމްޖީއެސްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ އިދާރާގެ ސީއީއޯ، މރ. ނޯވީ ތާޖުއްދީން އެވެ.

މި އެއްބަސްވުމުގެ މަޤްސަދަކީ ދިވެހިރާއްޖެއާއި މެލޭޝިޔާގެ މަތީ ތަޢުލީމާއި ތަމްރީނުގެ ފެންވަރު މަތިކޮށް، ދެ ޤައުމުގެ އެކި ކަންކޮޅުތަކަށް ފުޅާދާއިރާއެއްގައި މަތީ ތަޢުލީމު ފޯރުކޮއްދިނުމެވެ. އެގޮތުން، މި އެއްބަސްވުމުގައި ބަޔާންކޮއްފައިވާ މަތީ ތަޢުލީމު ފޯރުކޮއްދޭ މަރުކަޒުތަކުގައި ކިޔެވުމަށް އެދި ހުށަހަޅާ ދަރިވަރުންނަށް މާލީ އެހީ (ޑިސްކައުންޓް) ފޯރުކޮއްދިނުމަށް މި އެއްބަސްވުމުގައި ކަނޑައަޅާފައިވެއެވެ.

މި އެއްބަސްވުމުގެ ދަށުން، ދިވެހިރާއްޖޭގެ 561 ދަރިވަރުންނަށް ތައުލީމު ހާސިލް ކުރުމުގެ ފުރުސަތު ހުޅުވާލެވިފައިވާއިރު، މެލޭޝިޔާގެ ޔުނިވާސިޓީތަކުގައި، އާރޓްސް އެންޑް ހިއުމަނިޓީސް، އިންޖީނިއަރިންގ އެންޑް ޓެކްނޮލޮޖީ، ލައިފް ސައިންސެސް އެން މެޑިސިން، ނެޗުރަލް ސައިންސެސް، ސޯޝަލް ސައިންސެސް، މެނޭޖްމަންޓް ފަދަ އެތަށް ދާއިރާއަކުން ތަޢުލީމު ހާޞިލުކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާއިފައެވެ.

މި ރަސްމިއްޔާތުގައި މި މިނިސްޓްރީގެ އިސްވެރިންނާއި، އެޑިޔުކޭޝަން މެލޭޝިޔާ ގްލޯބަލް ސަރވިސެސް (އީއެމްޖީއެސް)ގެ ބައެއް އިސްވެރިން ބައިވެރިވެލެއްވިއެވެ.

ސްކޮލަރޝިޕް ފުރުޞަތުތަކުގެ އިތުރުން އެކަޑަމިކް ސްޓާފުން ބަދަލުކުރުމާއި، ޖޮއިންޓް ރިސަރޗް އާއި ޕަބްލިކޭޝަންތަކާއި، ކުރުމުއްދަތުގެ ޓްރެއިނިންގތަކާއި، އިދާރީ އަދި މެނޭޖްމެންޓް ޕްރޮގްރާމްތަކުގެ އިތުރުން މާސްޓަރސް އަދި ޕީއެޗްޑީ ހައްދަވާފައިވާ ނުވަތަ ހައްދަވަމުންދާ ބޭފުޅުންނަށް ފެލޯޝިޕްގެ ފުރުޞަތު ހޯދުމުގެ މަގު މި އެއްބަސްވުމުގެ ދަށުން ފަހިވެގެންދާނެއެވެ.

މި އެއްބަސްވުމުގެ ދަށުން މެލޭޝިއާގެ 14 ކޮލެޖް/ޔުނިވަރސިޓީއެއްގައި މަތީ ތަޢުލީމް ހާސިލް ކުރުމަށް ތަފާތު ދާއިރާތަކުން 561 އަށްވުރެ ގިނަ ޕްރޮގްރާމުތަކުން %100-2 އާއި ދެމެދުގެ ޓިއުޝަންފީ އަށް ޑިސްކައުންޓް ހަމަޖެހިގެންދާނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ