ބަންޑާރަ ނައިބުގެ އޮފީހަށް އާ ޕާމަނަންޓު ސެކްރެޓަރީއެއް ހަމަޖައްސައިފި

ބަންޑާރަ ނައިބުގެ އޮފީހަށް އާ ޕާމަނަންޓު ސެކްރެޓަރީއެއް ހަމަޖައްސައިފި

Author
އަހުމަދު
09 ސެޕްޓެމްބަރ 2024 02:08
0

ބަންޑާރަ ނައިބުގެ އޮފީހަށް އާ ޕާމަނަންޓް ސެކްރެޓަރީއެއް މިއަދު ހަމަޖައްސައިފިއެވެ.

އެޓާނީ ޖެނެރަލް އޮފީހުން "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނީ އެ އޮފީހުގެ އާ ޕާމަނަންޓް ސެކްރެޓަރީގެ މަގާމަށް ހަމަޖެއްސީ ސުލްތާނާ ޝާކިރު ކަމަށެވެ.

ސުލްތާނާ ޝާކިރުއަކީ 2012 އިން 2019 އަށް އޭޖީގެ ޕާމަނަންޓް ސެކްރެޓަރީއަކަށް ހުންނެވި ބޭފުޅެކެވެ. އޭގެފަހުން އޭނާ މަސައްކަތް ކުރެއްވީ ޓްރާންސްޕޭރެންސީ މޯލްޑިވްސްގައެވެ. ސުލްތާނާ ވަނީ ހައި ކޯޓުގެ ޗީފް އެޑްމިނިސްޓްރޭޓާގެ މަގާމު ވެސް ފުރުއްވައިފައެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.