ހޯމް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ހިންނާ އިސްތިއުފާ ދެއްވައިފި

ހޯމް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ހިންނާ އިސްތިއުފާ ދެއްވައިފި

Author
އަހުމަދު
09 ސެޕްޓެމްބަރ 2024 01:46
0

ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ހިންނާ ހާލިދު އިސްތިއުފާ ދެއްވައިފިއެވެ.

ހިންނާ ހާލިދު އިސްތިއުފާ ދެއްވީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

ހިންނާ ހާލިދު އެ މަގާމަށް އައްޔަން ކުރީ މިދިޔަ އަހަރުގެ ޖޫން 6 ގައެވެ. ހިންނާ ހާލިދު ވަނީ މީގެކުރިން ހޯމް މިނިސްޓްރީގެ ތަރުޖަމާނު ކަން ކުރައްވައިފައެވެ. އޭގެ ކުރިން ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުގައި ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީގެ މަސްއޫލިއްޔަތު ވެސް އަދާކުރައްވާފައިވެއެވެ.

ހިންނާ ހާލިދަކީ މާސްޓާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (އެމްބީއޭ) ގެ ސަނަދު ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. މީގެ އިތުރުން، ސޯޝަލް ސައިންސް ރިސާޗް އަދި ޕްރައިމަރީ ހެލްތު ކެއާ މެނޭޖްމަންޓްގެ ދާއިރާއިން ޑިޕްލޮމާ ފެންވަރުގެ ސަނަދުތަކެއް ވެސް އޭނާ ވަނީ ހޯއްދަވައިފައެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.