ގޭގައި ކާބޯތަކެތި އުފައްދާ ފަރާތްތައް ދަފުތަރުވުމުގެ އުސޫލު ބާތިލު ކޮށްފި

ގޭގައި ކާބޯތަކެތި އުފައްދާ ފަރާތްތައް ދަފުތަރުވުމުގެ އުސޫލު ބާތިލު ކޮށްފި

ގުޅުންހުރި

ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން އެކުލަވާލި "އާމްދަނީ ހޯދުމުގެ ބޭނުމުގައި ގޭގައި ކާބޯތަކެތި އުފައްދާ ފަރާތްތައް ދަފުތަރުވުމުގެ އުސޫލު" ބާތިލުކޮށްފިއެވެ. މި ދަފްތަރުގައި ރަޖިސްޓްރީވުމަށް ހުޅުވާލާ އެކަމުގެ އުޞޫލު އާންމު ކުރީ މިއަހަރުގެ ފެބްރުއަރީމަހުގައެވެ. ނަމަވެސް މިހާރު އެ އުޞޫލު ވަނީ ބާތިލުކޮށްފައެވެ.

ބީސީސީން މަޢުލޫމާތު ދީފައިވާ ގޮތުގައި އެ އުޞޫލު ބާޠިލްކޮށްފައިވަނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން "އަމިއްލަ ދިރިއުޅުމަށްޓަކައި ކާބޯތަކެތި އުފައްދާ ވިއްކުމުގެ މަސައްކަތުގައި އަމަލު ކުރަންވީގޮތުގެ މިންގަނޑު" އެކުލަވާލުމާ ގުޅިގެންނެވެ. އަދި އެމްއެފްޑީއޭއިން "އަމިއްލަ ދިރިއުޅުމަށްޓަކައި ކާބޯތަކެތި އުފައްދައި ވިއްކުމުގެ މަސައްކަތްކުރާ ފަރާތްތައް ދަފްތަރުކުރުމުގެ އުސޫލު" އެކުލަވާލުމަކީވެސް ބީސީސީގެ އުސޫލު ބާޠިލުކުރި ސަބަބެއްކަމަށް ބުނެފައިވެއެވެ.

އެމްއެފްޑީއޭއިން މިފަދަ މިންގަނޑެއް އެކުލަވާލާފައި ވަނީ ފަހަކަށް އައިސް، ގޭގޭގައި ތައްޔާރުކޮށް ވިއްކާ ތަންތަނުގެ ސާފުތާހިރުކަން ކުޑަވުމުގެ ސަބަބުންނެވެ. ޚާއްޞަކޮށް، ބިދޭސީން ގަވާއިދާ ޚިލާފަށް ހިންގާ ވިޔަފާރިތައް ހުއްޓުވާ ސިއްޙީ ރައްކާތެރިކަން ކަށަވަރުކުރުމަށެވެ.

އެމްއެފްޑީއޭއިން އެކުލަވާލި މިންގަނޑުގައި ވަނީ ގޭގައި ކާބޯތަކެތި އުފައްދާ ފަރާތްތަކުން ދަފްތަރުގައި ހިމެނުމަށްޓަކައި، އީފާސް މެދުވެރިކޮށް ކާބޯތަކެތި އުފައްދާ ތަނާއި އުފައްދާ ތަކެއްޗާ ބެހޭ މަޢުލޫމާތު އެމްއެފްޑީއޭގެ "ދިރިތި" ޕޯޓަލަށް ހުށަހަޅަންޖެހޭނެ ކަމަށް ބަޔާންކޮށްފައެވެ. މީގެއިތުރުން، އެ އޮތޯރިޓީން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް ޢަމަލުކުރޭތޯ ބެލުމަށް ތަންތަން ޗެކްކުރާނެކަމަށާއި، ހުށަހަޅަންޖެހޭ ޗެކްލިސްޓާއި އިޤްރާރުތައް އަހަރަކު އެއްފަހަރު އެމްއެފްޑީއޭއަށް ހުށަހަޅަންޖެހޭނެކަމަށްވެސް އައު އުސޫލުގައި ބަޔާންކޮށްފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ