އިހަންދޫގެ މަސްވެރިން އެރަށުގެ ބަނދަރު މަތީގައި އަޑު އުފުލައި ޝޫޢޫރު ފާޅުކުރަން ފަށައިފިއެވެ.
މި އަޑުފުލުމުގައި ގިނަ އަދަދެއްގެ މަސްވެރިން ބައިވެރިވަމުންދާއިރު، މަސްވެރިން ތިބީ އެކި ޝޫއޫރުތައް ފާޅުކުރުމަށް ބެނާވެސް ހިފަހައްޓައިގެންނެވެ.

މި އަޑުއުފުލުުންތަކުގައި ވާހަކަ ދެއްކި މަސްވެރިއަކު ބުނެފައިވަނީ މަހަށް ގޮސް މަސްކިރާނެ ގޮތެއްނެތި 10 ދުވަސް ފަޅުގައި އޮންނަން ޖެހުމަކީ ކިހާބޮޑު ހިތްދަތިވުމެއްކަން މަަސްވެރިންނަށް އިހުސާސު ކުރެވޭނެކަމަށެވެ. މިކަން ފިނި ކޮޓަރިތަކުގައި ވަޒީފާ އަދާކުރާ މީހުންނަށް ނުވަތަ ސަރުކާރުގެ ބޭފުޅުންނަށް އިހުސާސު ނުކުރެވޭކަމަށެވެ. ނަމަވެސް އެބޭފުޅުންނަށްވެސް މަސައްކަތް ނުކޮށް ނޫނީނީ މުސާރަ ނުލިބި 10 ދުވަހު ގޭގައި މަޑުކޮށްލަން ޖެހިއްޖެނަމަ މި އިހުސާސް ކޮންމެވެސް ވަރަކަށް ކޮށްފާނެކަމަަށް މަސްވެރިން ބުނެފައިވެއެވެ.
ގިނަ އަދަދެއްގެ މަސްވެރިން އަޑު އުފުލަމުންދާއިރު، މަސްވެރިންދަނީ ހއ.އަތޮޅުގެ މަސްވެރިންނަށް މަސްކިރުވޭނެ ގޮތެއް ނެތި، މަސްވެރިކަމަށް ބޭނުންވާ އައިސްވެސް ނުލިބޭތީ ކަންބޮޑުވުން ފާޅުކޮށްފައެވެ. މިކަމުގެ ޒިންމާ ނަންގަވަން ޖެހޭނީ ވައުދުވެރި ވެރިކަމަށް ވަޑައިގެންނެވި ބޭފުޅުންކަމަށާއި، މިނިސްޓަރަކަށް ހުންނެވި ބޭފުޅާގެ ބޮލަށް ހުރިހާ ކަމެއް ޖެހުމަށްފަހު މިވައުދުވެފައިވާ ބޭފުޅުން ޒިންމާއިން ރެކުމަކީ ޤަބޫލު ކުރާނެ ކަމެއް ނޫންކަމަށް މަސްވެރިން ދަނީ ބުނަމުންނެވެ.

މަސްވެރިން ބުނަމުންދަނީ މިއަދު ރަށު ކައުންސިލާއި އަތޮޅު ކައުންސިލަށްވެސް މިކަމުގައި ކުރެވޭނެ ކަމެއް ނެތުމުން އަޑު އުފުލަން ޖެހުނީކަމަށެވެ. މަސްވެރިންނަށް މަސްކިރުވޭނެ ގޮތެއް ހަދައި ދިނުމަށް ވާހަކަ ދެއްކެވި މަސްވެރިންވަނީ އާދޭހާއިއެކު ދަންނަވާފައެވެ. އަދި ބާނާ މަހަށް ހަމަ އަގުދެއްވައި މަސްވެރިން ނިކަމެތި ނުކުރުމަށް އާދޭހާއިއެކު މަސްވެރިންވަނީ ދަންނަވާފައެވެ. މި އަޑު އުފުލުމުގައި ގިނަ އަދަދެެއްގެ މަސްކެޔޮޅުން ދަނީ ވާހަކަ ދައްކަމުންނެވެ. ކެޔޮޅުންވަނީ މަސްވެރިންގެ އަޑު އަހައި، މަސްވެރިންގެ ހައްގު ކަށަވަރު ކޮށްދެއްވުމަށް ގޮވާލަމުންނެވެ.
ކޮމެންޓު ފޮނުވާ