ކްރިސްޓިއަނުން ކޮންމެ އަހަރެއްގެ ފަހުކޮޅު ފާހަގަކުރާ އެމީހުންގެ ހާއްސަ ދުވަސް "ކްރިސްމަސް ޑޭ" ގެ ތަހުނިޔާ އެދުވަސް ފާހަގަކުރާ އެންމެނަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ރައްދުކޮށްފިއެވެ.
ރައީސް ނަޝީދު ކޮށްފައިވާ ކުރު ޓްވީޓެއްގައި ވިދާޅުވީ ކްރިސްމަސް ފާހަގަކުރަމުންދާ އެންމެހާ ފަރާތްތަކަށް ތަހުނިޔާ ވިދާޅުވާކަމަށެވެ. ރައީސް ނަޝީދު މިދުވަހުގެ ތަހުނިޔާ ނުސީދާކޮށް ވިދާޅުވެފައިވާއިރު، މިދުވަހުގެ ތަހުނިޔާ ކިޔައި މިކަމުގައި އެއްވެސް ވަރަކަށް މުސްލިމުން ބައިވެރިވުމަކީ އިސްލާމްދީން ހުއްދަ ކުރާ ކަމެއްނޫންކަމަށް ރާއްޖޭގެ ދީނީ އިލްމުވެރިން ދަނީ ވިދާޅުވަމުންނެވެ.
I wish a wonderful Christmas to all those celebrating the day.
— Mohamed Nasheed (@MohamedNasheed) December 25, 2020
ޢައިރު ދީންތަކުން ފާހަގަކުރާ އެމީހުންގެ އެކި އީދުތަކުގައި ބައިވެރިނުވުމަށް ޢިލްމުވެރިންގެ ޖަމްއިއްޔާއިން ވަނީ ގޮވާލައި ބަޔާނެއްވެސް ނެރެފައެވެ. އިއްލުމުވެރިންގެ ގުޅުމުން އާއަހަރާއި ދިމާކޮށް ޢައިރު ދީންތަކުގެ މީހުން އެމީހުންގެ އީދެއްގެ ގޮތުގައި ފާހަގަކުރާ ކްރިސްމަސް ދުވަހާއި ގުޅިގެން އެ ހަރަކާތުގައި މުސްލިމު ދިވެހި ރައްޔިތުން ބައިވެރި ނުވުމަށް ގޮވާލައި ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ﷲ ސުބުޙާނަހޫ ވަތަޢާލާ އިންސާނުން މިދުނިޔޭގައި ލައްވާފައިވަނީ އެކަލާނގެ އެއްކައުވަންތަކޮށް އަޅުކަން ކުރުމަށް ކަމުގައެވެ.
މާތް ﷲ އަށް ޝިރުކު ކުރުމުގެ ޖަރީމާ ހިންގޭ ކަންކަމުގައި ބައިވެރިވުމާއި އެކަންކަމަށް ހިތްވަރުދީ އެކަންކަމުގެ ދިފާޢުގައި ވާހަކަ ދެއްކުމާއި މަގު ގެއްލިފައިވާ ފަރާތްތަކުން ފާހަގަކުރާ، ޝިރުކުގެ ޢަމަލުތައް ހިމެނިގެންވާ މިފަދަ މުނާސަބަތުތަކަށް ހިތްވަރުދީ، އެއްބަޔަކު އަނެއްބަޔަކަށް ތަހުނިޔާ ރައްދު ކުރުންފަދަ ކަންކަމަކީ، އެކަމުގެ ނުރައްކާތެރިކަން އިންތިހާއަށް ބޮޑު، އަދި ނޭގި ނަމަވެސް ޝިރުކުގެ ނުބައި ފާފައިގެ ތެރެއަށް ވަދެގެންދާނެ ޢަމަލުތަކެއް ކަމުގައެވެ.
އިސްލާމްދީނަށް ޙުރުމަތްތެރިކޮށް ހިތުމަށް މާތް ﷲ ގަންދީ ހުވާކުރައްވައި އެހުވާގެ މަތީގައި ދައުލަތް ހިންގެވުމާއި ދައުލަތުގެ އެކިއެކި މަޤާމުތަކާ ޙަވާލުވެގެން ތިއްބެވި އަދި އެމަތިވެރި ޒިންމާ އެބަޔަކާ މަތިކުރެވިގެންވާ ފަރާތްތަކާއި ސަލާމަތީ ބާރުތަކާ ޙައިސިއްޔަތު ލިބިގެންވާ މުއައްސަސާތަކުގެ ވެރިންނާއި މުވައްޒަފުންނަކީ އެކަންކަން ޢަމަލީގޮތުން ހުއްޓުވުމުގެ ބާރުލިބިގެންވާ ފަރާތްތައް ކަމަށްވާއިރު އެކަންކަން ޢަމަލީގޮތުން ހުއްޓުވުމުގެ ޒިންމާ ފުރިހަމައަށް ނެންގެވުމަށް އެފަރާތްތަކަށްވެސް ވަނީ މި ބަޔާނުގައި އިލްތިމާސް ކޮށްފައެވެ.
ކްރިސްމަސް ދުވަހު އެކަކު، އަނެކަކަށް ތަހުނިޔާ ކިޔާ ހެދުމަކީ ކަނޑައެޅިގެން ހުރި ބޮޑު މުންކަރާތެކެވެ. އަޅުގަނޑުމެންނަށް އަމުރު ކުރެވިގެންވަނީ އެބައިމީހުންނާ ތަފާތުވެ، ރަސޫލު الله صلى الله عليه وسلم ގެންނެވި ހިދާޔަތުގެ ތެދުމަގުގައި ހިފުމަށެވެ.
ކޮމެންޓު ފޮނުވާ