ލޮލު ރޯގާގެ އަލާމާތްތައް ދެނެގަނެ ރައްކާތެރިކަމުގެ ފިޔަވަޅު އަޅަން އެދިއްޖެ

ލޮލު ރޯގާގެ އަލާމާތްތައް ދެނެގަނެ ރައްކާތެރިކަމުގެ ފިޔަވަޅު އަޅަން އެދިއްޖެ

Author
އަހުމަދު
05 ސެޕްޓެމްބަރ 2024 01:17
0

ލޮލު ރޯގާގެ އަލާމާތްތައް ދެނެގަނެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެެޖެންސީ (އެޗްޕީއޭ)އިން އަންގައިފިއެވެ.

ލޮލު ރޯގާއަކީ ތަފާތު ވައްތަރުގެ ބެކްޓީރިއާ އާއި ވައިރަސްގެ ސަބަބުން ޖެހޭ ބައްޔެކެވެ. އެ ބަލީގެ އަލާމާތްތަކުގެ ތެރޭގައި ހިމެނެނީ:

1- ހުން އައުން
2- ލޯ ހިރުވުން
3- ލޮލުން ފެން އައުން
4- ލޮލުގައި މަޑުހެދުން
5- ލޯ ރަތްވުން

ލޮލު ރޯގާ ޖެހިއްޖެ ނަމަ، ނުވަތަ އެ ބައްޔަށް ޝައްކު ކުރެވިއްޖެ ނަމަ، ވީހާވެސް އަވަހަށް ޑޮކްޓަރަކަށް ނުވަތަ ސިއްހީ އެހީތެރިއަކަށް ދެއްކުމަށް އެޗްޕީއޭ އިން އިރުޝާދުދެއެވެ.

ލޮލު ރޯގާ އިން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަމުގެ ތެރޭގައި ގިނަ ގިނައިން ސައިބޯނި ލައިގެން އަތް ދޮވުމާއި އާންމުކޮށް އަތްލާ ތަކެއްޗާއި ތަންތަން ސާފުކުރުމާއި ލޮލުގައި އަތްލުމާއި ނުވަތަ އުނގުޅުމުން ދުރުހެލިވުމާއި ބޭނުންކޮށްފައިވާ ޓިޝޫ ފަދަ ތަކެތި ރައްކާތެރި ގޮތުގައި ނައްތާލުން ހިމެނެއެވެ.

އަދި ލޮލު ރޯގާ ޖެހިފައިވާ މީހަކު ލޮލަށް އަޅަން ބޭނުންކުރާ ބޭސްފުޅި ބޭނުން ނުކުރަން އެދިފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.