އަޕްގްރޭޑްގެ މަސައްކަތާ ގުޅިގެން އެއާޕޯޓުގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިދާނެ: އެމްއޭސީއެލް

އަޕްގްރޭޑްގެ މަސައްކަތާ ގުޅިގެން އެއާޕޯޓުގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިދާނެ: އެމްއޭސީއެލް

Author
ޙަސަން މުޙައްމަދު
05 ސެޕްޓެމްބަރ 2024 12:36
0

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އަޕްގްރޭޑްގެ މަސައްކަތާ ގުޅިގެން، މިރޭ 10:00 އިން ފެށިގެން މާދަމާ ހެނދުނު 7:00 އާ ހަމައަށް އެއާޕޯޓުގެ އެކި ސަރަހައްދުތަކުން ކަރަންޓު ކެނޑިދާނެ ކަމަށް އެމްއޭސީއެލްއިން ބުނެފިއެވެ. މި މަސައްކަތުގެ ތެރޭގައި ކަރަންޓު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ހިމެނެއެވެ.

އެމްއޭސީއެލުން އިތުރަށް ހާމަކުރި ގޮތުގައި، މި މަސައްކަތް ކުރިއަށްދާއިރު ފެސެންޖަރ އޭރިއާއާއި އެހެނިހެން ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް، އެމްއޭސީއެލްގެ މުވައްޒަފުން ޕަސެންޖަރުންނަށް އެހީތެރިކަން ބޭނުންވެއްޖެ ހިނދެއްގައި އެންމެ ގާތުން ހިދުމަތް ދިނުމަށް ތައްޔާރަށް ތިބޭނެ ކަމަށް އެ ކުންފުނިން ޔަގީންކޮށްދީފައިވެއެވެ.

އެމްއޭސީއެލުން އިތުރަށް ބުނެފައިވަނީ، މި މަސައްކަތުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ އެއްވެސް ދަތިކަމަކަށް މާފަށް އެދޭ ކަމަށެވެ. މި މައުލޫމާތު އެ ކުންފުނިން ވަނީ އެކްސްގައި ކުރި ޕޯސްޓެއްގެ ޒަރީއާއިން ހިއްސާކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.