ޖޭއެސްސީން ސީރިއަސް ސުލޫކީ މައްސަލަތަކެއްގެ ތަހުގީގު ކުރަމުން އަންނަ ހދ. އަތޮޅުގެ މެޖިސްޓްރޭޓެއް ކަމަށްވާ އަލީ އާދަމަށް ހދ. ދާއިރާގެ އިސް މެޖިސްޓްރޭޓުގެ މަޤާމަށް އޭނާގެ މައްސަލަ ބަލާ ޖޭއެސްސީން ދީފިއެވެ.
ޖޭއެސްސީންވަނީ އިއްޔެ އަލީ އާދަމް ހދ. ދާއިރާގެ އިސް މެޖިސްޓްރޭޓަކަށް ހަމަޖެއްސިކަން ކާމަކޮށްފައެވެ. ނަމަވެސް މިމަހުގެ24 ވަނަ ދުވަހު ޖޭއެސްސީވަނީ އޭނާގެ ސީރިއަސް މައްސަލަތަކެއް ބަލަމުންދާކަމަށް ބުނެފައެވެ. މިމައްސަލަތައް ބަލަމުން ދަނިކޮށް މައްސަލާގައި އެއްވެސް ގޮތެއް ނުނިންމައި، މައްސަލަ ބަލަން ފެށިތާ ހަފްތާއެއް ނުވަނީސް އިތުރަށް ޕްރޮމޯޝަން ދިނުމުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ ޖޭއެސްސީއަށް އަމާޒުވެފައެވެ.
ހދ. ދާއިރާގެ އިސް މެޖިސްޓްރޭޓަކަށް ހަމަޖެއްސި ޢަލީ އާދަމްއާއި ގުޅޭގޮތުން ބަލަމުންދާ ސުލޫކީ މައްސަލައެއްގެ ތެރޭގައި ޖަމްޢިއްޔާއެއް އުފައްދާ އެ ޖަމްޢިއްޔާގެ ހަރަކާތްތައް ރާވާ ހިންގުމުގައި ޢަމަލީގޮތުން ބައިވެރިވާކަމަށް ބުނާ މައްސަލައަކާއި ތަފްރީޤުކޮށްފައިވާ ކައިވެންޏެއް ރުޖޫޢަކޮށްދިން ކަމަށް ބުނާ މައްސަލައަކާއި، މުޒާހަރާތަކުގައި ބައިވެރިވެ ޝުޢޫރު ފާޅުކޮށް ސޯޝަލް މީޑިއާގައި ފަނޑިޔާރަކު ހިއްސާކޮށްގެން ނުވާނެފަދަ ޚިޔާލުތައް ފާޅުކުރާކަމަށް ބުނާ މައްސަލައެއްކަމަށްވެސް ޖޭއެސްސީން ވަނީ ބުނެފައެވެ.
އޭނާ އިއްޔެ މަޤާމަށް އައްޔަން ކުރެއްވުމަށް ޖޭއެސްސީން ބުނެފައިވަނީ ހދ ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް ކަމަށް ޢައްޔަނުކުރުމަށް ނިންމި، އަލްއުސްތާޛް ޢަލީ އާދަމް ވަނީ ވިލާ ކޮލެޖް އިން ބެޗްލަރސް އޮފް ޝަރީޢާ އެންޑް ލޯ ހާޞިލްކުރައްވާފައެވެ. އަލްއުސްތާޛް ޢަލީ އާދަމައަކީ ފަނޑިޔާރުކަމުގައި 15 އަހަރު ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ މެޖިސްޓްރޭޓެއް ކަމުގައެވެ.
ކޮމެންޓު ފޮނުވާ