އީގަލްސްއަށް މެޗު މުހިންމުވާ ފަދައިން ގްރާންޑޭއަށް ވެސް މުހިންމު: އިންމަ

އީގަލްސްއަށް މެޗު މުހިންމުވާ ފަދައިން ގްރާންޑޭއަށް ވެސް މުހިންމު: އިންމަ

Author
އިބްރާހީމް ސާޢިދު
25 ޑިސެމްބަރ 2020 12:20
0

ދިރާގު ދިވެހި ޕްރިމިއާ ލީގުގެ އީގްލަސްއާ ދެކޮޅަށް ނުކުންނައިރު އީގަލްސް އަށް ވެސް އެ ޓީމުގެ ޓާގެޓް ހާސިލްކުރަން މި މެޗު މުހިއްމުވާ ގޮތަށް ދަ ގްރާންޑޭ އަށް ވެސް މުހިއްމު ކަމަށް ދަ ގްރާންޑޭގެ ކޯޗު އިސްމާއިލް މަހަފޫޒް (އިންމަ) ބުނެފިއެވެ.

އިސްމާއީލް މަހުފޫޒް (އިންމަ) ބުނީ ލީގުގެ ޓާގެޓަށް ދިއުމަށް އީގަލްސް އަށް މެޗު މުހިއްމުވާ ގޮތަށް އެޓީމަށް ވެސް ނަތީޖާ ނެރުން މުހިއްމު ކަމަށެވެ. ބޭނުމަކީ އީގަލްސް އިން ކުރިން ނެރެފައިވާ ނަތީޖާތަކަށް ނުބަލައި ފުރިހަމަ އިހްތިރާމާ އެކު ނުކުމެ މެޗުން މޮޅުވުން ކަމަށް އިންމަ ވަނީ ބުނެފައެވެ.

އަޅުގަނޑުމެންގެ ޓާގެޓަށް ވާސިލްވުމަށް އަޅުގަނޑުމެންނަށް ވެސް ވަރަށް މުހިއްމު ޕޮއިންޓެއް.

– އިންމަ ބުނެފައިވެއެވެ.

އިންމަ ބުނީ އެއީ ކަންބޮޑުވުމެއް ކަމަށާއި ހަގީގަތުގައި އޭގެ އެންމެ ބޮޑު ސަބަބަކީ ބިދޭސީ ކުޅުންތެރިންނާ އެކު ޖުމްލަކޮށް ކުރެވުނު ޕްރީ ސީޒަން ޕްރެކްޓިސް މަދުވާތީ ކުރިމަތިވާ ކޮމްބިނޭޝަނުގެ މައްސަލައެއް ކަމަށެވެ. އިންމަ ބުނީ އީގަލްސް ފުރަތަމަ ދެ މެޗުން ބަލިވެފައި އޮތުމާ މެދު ދަ ގްރާންޑޭ އިން ނުވިސްނާނެ ކަމަށާއި ތައްޔާރުވަނީ އުނދަގޫ މެޗަކަށް ކަމަށެވެ.

ލީގުގައި ދަ ގްރާންޑޭ ކުޅުނު ފުރަތަމަ މެޗުން ޓީސީ އަތުން މޮޅުވިއިރު، ދެ ވަނަ މެޗުން ވަނީ ސުޕަ ޔުނައިޓެޑް ސްޕޯޓްސްއާ އެއްވަރުވެފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.