ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު ހެލްތު މިނިސްޓްރީގެ ދަށަށް ބަދަލު ކޮށްފި

ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު ހެލްތު މިނިސްޓްރީގެ ދަށަށް ބަދަލު ކޮށްފި

Author
ޙަސަން މުޙައްމަދު
27 އޮގަސްޓް 2024 11:03
0

ކ. ގުރައިދޫގައި ހުންނަ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ހިންގުން ހެލްތު މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފިއެވެ.

މި ބަދަލު ގެނައުމަށް ކެބިނެޓަށް ހުށަހެޅީ ސޯޝަލް އެންޑް ފެމެލީ ޑިވެލޮޕްމަންޓް މިނިސްޓްރީންނެވެ. މިދިޔަ އާދީއްތަ ދުވަހު ބޭއްވުނު ކެބިނެޓް ބައްދަލުވުމުގައި ނިންމާފައިވަނީ، މިހާތަނަށް ސޯޝަލް އެންޑް ފެމެލީ ޑިވެލޮޕްމަންޓް މިނިސްޓްރީގެ ދަށުން ހިންގަމުން އައި މި މަރުކަޒު، ހެލްތު މިނިސްޓްރީގެ މެންޑޭޓުގެ ދަށަށް ބަދަލުކުރުމަށެވެ.

މި ބަދަލާ ގުޅިގެން، މަރުކަޒަށް ކަނޑައަޅާފައިވާ ބަޖެޓާއި، މަރުކަޒުގެ މަސައްކަތްތަކާއި، އަދި މުވައްޒަފުން ވެސް ހެލްތު މިނިސްޓްރީގެ ދަށަށް ބަދަލުވާނެއެވެ.

ގުރައިދޫ މަރުކަޒަކީ ނަފްސާނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްޞަ މަރުކަޒެކެވެ. މި މަރުކަޒު އަމާޒުކުރެވިފައިވަނީ މުޖުތަމަޢުގައި ގެންގުޅުން ރައްކާތެރި ނޫން ކަމަށް ފެންނަ ފަރާތްތަކަށާއި، ޢާއިލާއާއި މުޖުތަމަޢުގެ އަޅާލުން ނުލިބޭ ފަރާތްތަކަށެވެ. އަދި ބެލެނިވެރިއެއް ނުވަތަ ބަލަދުވެރިއެއް ނެތް ފަރާތްތަކަށާއި، ބެލެހެއްޓުމުގެ ޒިންމާއިން އެކަހެރިވެފައިވާ ފަރާތްތަކަށް ވެސް މި މަރުކަޒުން ޚިދުމަތް ދެއެވެ.

މިމަރުކަޒު ހިންގަމުންދަނީ މި ފަދަ ފަރާތްތަކަށް ދައުލަތުގެ ފަރާތުން ރައްކާތެރިކަން ފޯރުކޮށްދިނުމަށްޓަކައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.