ރައީސް ބައިވެރިވެވަޑައިގަންނަވާ ހަރުގެ ޖަލްސާއެއް މިރޭ ޕީއެންސީ ޖަގަހާގައި

ރައީސް ބައިވެރިވެވަޑައިގަންނަވާ ހަރުގެ ޖަލްސާއެއް މިރޭ ޕީއެންސީ ޖަގަހާގައި

ރައީސް ބައިވެރިވެވަޑައިގަންނަވާ ހަރުގެ ޖަލްސާއެއް މިރޭ ޕީއެންސީ ރަސްމީ ޖަގަހަ (ހ. ވެޔޮވިލާ، އާޓިފިޝަލް ބީޗް ކުރިމަތި)ގައި ބޭއްވުމަށް ހަމަޖައްސައިފިއެވެ. ޕީއެންސީގެ ސޯޝަލް މީޑިއަ ޕްލެޓްފޯމްތަކުން ހާމަ ކޮށްފައިވާ ގޮތުގައި މިރޭ 8:00 ގައި ފެށުމަށް ހަމެޖެހިފައިވާ ހަރުގެ ޖަލްސާގައި ރައީސް މުއިއްޒު ވާހަކަދައްކަވާ ގޮތަށްވެސް ވަނީ ހަމަޖެހިފައެވެ.

އޭގެ އިތުރުން މި ޖަލްސާގައި ދެން ވާހަކަ ދެއްވުމަށް ހަމަޖެހިފައިވަނީ އިނގުރައިދޫ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ޕީޖީ ލީޑަރު އިބުރާހިމް ފަލާހުއާއި، ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމްއެވެ.

މިރޭ ޕީއެންސީގެ ޖަގަހަ ޖަލްސާއެއް ބޭވުމަށް ހަމަޖައްސާފައިވާއިރު، ރާއްޖޭގެ އިގްތިސާދީ ހާލަތު ގޯސްވެ، މާލީ ހާލަތާއި ގުޅޭގޮތުން ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އަދި ޑޮލަރުގެ ތާށިކަން އިންތިހާއަށް މަތިވެ، ބޭންކު އޮފް މޯލްޑިވްސްއިން އިއްޔެވަނީ އެ ބޭންކުގެ ފައިސާ ޑެބިޓް ކާޑުތަކަށް ޑޮލަރ ވިއްކުން ހުއްޓާލާފައެވެ. އެހެންނަމަވެސް ހަމަ އިއްޔެ ބޭންކުން ވަނީ އެމްއެމްއޭގެ އިރުޝާދުގެމަތިން އެނިންމު އަނބުރާ ގެންގޮސްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *