ފްރާންސްގެ ޕީއެސްޖީގެ ކޯޗުކަމުން ތޯމަސް ޓުޗެލް ވަކިކޮށްފިއެވެ.
ޕީއެސްޖީ ކޯޗު ކަމުން އޭނާ ވަކިކުރި ނަމަވެސް ކުލަބުން ވަކި ކުރުމާގުޅޭގޮތުން ރަސްމީ ގޮތުން އެއްވެސް އެއްވެސް އެއްޗެއް ހާމަކޮއްފައެއް ނުވެއެވެ. ޓުޗެލް މަގާމުން ވަކިކުރީ ލީގުގައި ދާދިފަހުން ހޯދި ދައް ނަތީޖާގެ ތަކުގެ ސަބަބުންނާއި ކުލަބް ޓެކްނިކަލް ޑައިރެކްޓަރ ލިއަނާޑޯ ދެމެދު ގުޅުން ގޯސްވެފަވާ ދަނޑިވަޅެއްގައިއެވެ.
ޕީއެސްޖީގެ ކޯޗުކަމާ ޓުޗެލް ހަވާލުވީ 2018 ވަނަ އަހަރުގެ މެއި މަހުއެވެ. އެ ކްލަބުގެ ކޯޗުކަމުގައި ޓުޗެލް ވަނީ ފްރެންޗް ލީގު މިދިޔަ ދެ ސީޒަނުގައި ކާމިޔާބުކޮށްދިނީ ފްރެންޗް ކަޕާއި ފްރެންޗް ލީގު ކަޕްގެ ޗެމްޕިއަންކަން ހޯދައިފައެވެ. މީގެ އިތުރުން އެޓީމުން އެންމެ ބޮޑަށް ކާމިޔާބުކުރަން މަސައްކަތްކުރާ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ޕީއެސްޖީ މިދިޔަ ސީޒަނުގައި ވަނީ ކުޅެފައެވެ. އެކަމަކު ފައިނަލުގައި ބަޔާން މިއުނިކޮށް އަތުން 1-0 ބަލިވީއެވެ.
މިހާރު ވިޔަރެއާލްގެ ކޯޗު އުނާއި އެމެރީގެ ބަދަލުގައި 2018 ވަނަ އަހަރު ޕީއެސްޖީއާ ޓުޗެލް އެންމެ ފުރަތަމަ ހަވާލުވީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގައެވެ. ޕީއެސްޖީ އިން ޓުޗެލްގެ އެއްބަސްވުން މިދިޔަ އަހަރުގެ މެއި މަހު އިތުރު އެއް އަހަރަށް އާކުރުމުން އެ މުއްދަތު ހަމަވާން އޮތީ މި ސީޒަނުގެ ނިޔަލަށެވެ.
ފްރެންޗް ލީގުގެ އެއް ވަނައިގައި އޮތް ލިޔޯން އާއި ދެ ވަނައިގައި އޮތް ލިލް އަށް ވުރެ ޕޮއިންޓެއް ފަހަތުން ޕީއެސްޖީ އޮތީ ލީގުގެ ތިން ވަނައިގަ. އަދި ޗެމްޕިއަންސް ލީގުގައި އެޓީމު ހިމެނުނު ގްރޫޕުން އެއް ވަނަ ހޯދައި ގަދަ 16 އަށް ވަނީ ދަތުރުކޮށްފައެވެ. އެ ބުރުގައި ޕީއެސްޖީ ނުކުންނާނީ ބާސެލޯނާއާ ދެކޮޅަށެވެ.
ޕީއެސްޖީގެ ކޯޗުކާ ދެން ހަވާލުވާނެ ކަމަށް އެންމެ ބޮޑަށް ބެލެވެނީ ޖުވަންޓެސް ކުރީގެ ކޯޗު މަސިމޯ އަލްގޭރީ ނުވަތަ ޓޮޓްނަމްގެ ކުރީގެ ކޯޗު މައުރީސިޔޯ ޕޮޗެޓީނޯ ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެއެވެ.
ކޮމެންޓު ފޮނުވާ