މުހުތާޒް މުހިސިން ފޮރިން މިނިސްޓްރީއަށް ބަދަލު ކޮށްފި

މުހުތާޒް މުހިސިން ފޮރިން މިނިސްޓްރީއަށް ބަދަލު ކޮށްފި

Author
ޙަސަން މުޙައްމަދު
24 އޮގަސްޓް 2024 06:36
0

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ކްރިމިނަލް ޖަސްޓިސް އެޑްވައިޒަރު އަދި ކުރީގެ ޕްރޮސިކިއުޓަރ ޖެނެރަލް މުޙުތާޒް މުޙުސިން، ފޮރިން މިނިސްޓްރީގެ މަޤާމަކަށް ބަދަލު ކޮށްފިއެވެ.

އެނގިފައިވާ ގޮތުގައި މުޙުތާޒް ބަދަލުކޮށްފައިވަނީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަޤާމަށެވެ. އަދި އޭނާ ސިންގަޕޫރުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުގެ މަޤާމަކަށް އައްޔަންކުރުމަށްވެސް ހަމަޖެހިފައިވާކަމަށް ބައެއް މަސްދަތުތައް ބުނެއެވެ.

މުޙުތާޒް ރައީސް މުޢިއްޒުގެ ކްރިމިނަލް ޖަސްޓިސް އެޑްވައިޒަރުގެ މަޤާމަށް އައްޔަންކުރެވުނީ މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ.

މި ބަދަލު ގެނެވިފައިވަނީ، ހުސްވެފައިވާ ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމަށް މުޙުތާޒް އައްޔަންކުރުމަށް މަސައްކަތްކުރާކަމުގެ އަޑުފެތުރެމުންދާ ދަނޑިވަޅެއްގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.