ތިލަފުށީ އަލިފާނުގެ ހާދިސާގައި އެކަކަށް އަލިފާނާއި ދުމުގެ އަސަރުކޮށް ފަރުވާ ދޭންޖެހިއްޖެ

ތިލަފުށީ އަލިފާނުގެ ހާދިސާގައި އެކަކަށް އަލިފާނާއި ދުމުގެ އަސަރުކޮށް ފަރުވާ ދޭންޖެހިއްޖެ

Author
ޙަސަން މުޙައްމަދު
22 އޮގަސްޓް 2024 10:39
0

ކ. ތިލަފުށީގައި ހުރި މެރިންޑޯ ވޯކްޝޮޕްގައި ހިނގި އަލިފާނުގެ ހާދިސާގައި ދިވެއްސަކު ޞިއްޙީ ފަރުވާ ބޭނުންވާ ހާލަތަށް ގޮސްފައިވާކަމަށް މައުލޫމާތު ލިބިއްޖެއެވެ. އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލަކު މަޢުލޫމާތު ދެއްވި ގޮތުގައި، ވޯކްޝޮޕެއްގައި މަސައްކަތް ކުރާ ފަރާތަކަށް ދުމުގެ އަސަރުކޮށް، އަދި ކޮންމެވެސް ވަރަކަށް ފިހިގެން ހޮސްޕިޓަލަށް ގެންދިޔަކަމުގެ ޚަބަރު ލިބިފައިވެއެވެ.

މި ހާދިސާއާ ގުޅޭ އިތުރު ތަފްސީލް ލިބުމުން އާންމުކުރައްވާނެ ކަމަށްވެސް އެމްއެންޑީއެފްއިން ބުނެފައި ވެއެވެ.

އެމްއެންޑިއެފްއިން ބުނެފައިވާ ގޮތުގައި ވޯކްޝޮޕްގައި ރޯވި އަލިފާން ކޮންމެވެސް ވަރަކަށް ކޮންޓްރޯލް ކުރެވިފައިވި ނަމަވެސް، އަލިފާންގަނޑު އަދިވެސ އެއްކޮށް ނިއްވާލެވިފައެއް ނުވެއެވެ. މި ހާދިސާއާ ގުޅޭ އިތުރު މަޢުލޫމާތު އަދި ހާމަކޮށްފައެއް ނުވެއެވެ.

ތަފްސީލް އަންނަނީ..

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.