ރާއްޖޭގެ ރިޒާވް ހުސްވެއްޖެ ކަމަށް ބުނާ ޚަބަރަކީ ދޮގު މައުލޫމާތެއް: އެމްއެމްއޭ

ރާއްޖޭގެ ރިޒާވް ހުސްވެއްޖެ ކަމަށް ބުނާ ޚަބަރަކީ ދޮގު މައުލޫމާތެއް: އެމްއެމްއޭ

Author
ހުސައިން
21 އޮގަސްޓް 2024 08:10
0

ރާއްޖޭގެ ރިޒާވް ހުސްވެއްޖެ ކަމަށް ބުނެ ބައެއް މީޑިއާތަކުގައި ރިޕޯޓު ކޮށްފައިވާ ޚަބަރަކީ ދޮގު މައުލޫމާތެއްކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ބުނެފިއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ވަނީ ރާއްޖޭގެ ބޭނުންކުރެވޭ ޑޮލަރު ރިޒާވް އެއްކޮށް ހުސްވެއްޖެ ކަމަށް ބުނެ "އަދަދު" ނޫހުގައި ޝާއިޢުކޮށްފައިވާ ޚަބަރަކީ ހަގީގަތާ ޚިލާފު، ދޮގު މަޢުލޫމާތު ހިމެނޭ ޚަބަރެއް ކަމަށް ބަޔާންކޮށްފައެވެ.

އެމްއެމްއޭ އިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ރިޒާވްގެ މަޢުލޫމާތު މިހާރެކޭ އެއްގޮތަށް އެ އޮތޯރިޓީން ދަނީ މަހުން މަހަށް ބަރާބަރަށް ޝާއިޢުކުރަމުން ކަމަށެވެ. އަދި ރާއްޖޭގެ ބޭނުންކުރެވޭ ރިޒާވް ޖުލައި މަހު ނިމުނުއިރު ހުރި މިންވަރަށްވުރެ އޮގަސްޓް މަހުގެ ނިޔަލަށް އިތުރުވެގެންދާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް އެ އޮތޯރިޓީން ބުނެފައިވެއެވެ.

"މިފަދަ ކަންތައްތަކާ ގުޅޭ ޚަބަރުތައް ހަގީގަތާ ޚިލާފަށް ގެނެސްދިނުމަކީ މި އޮތޯރިޓީން ނުހަނު ކަންބޮޑުވާ ކަމެއް،" އެމްއެމްއޭގެ ބަޔާނުގައި ބުނެފައި ވެއެވެ.

މި ބަޔާނުގައި ވަކި ނޫހެއްގެ ނަން ބަޔާންކޮށްފައި ވީނަމަވެސް، އެ ނޫހުން މި މައްސަލައާ ގުޅޭ ގޮތުން އަދި އެއްވެސް އިތުރު މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.