އައިޖީއެމްއެޗުގެ މިސްކިތުގައި ބަރަހަނާވި މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ. މި މައްސަލައިގައި ހައްޔަރުކުރެވުނީ 30 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ނިންމާފައިވެއެވެ.
ފުލުހުން ކޯޓަށް ހުށަހެޅި މަޢުލޫމާތުތަކުގައިވާ ގޮތުން، މި ފިރިހެނާ ވަނީ އައިޖީއެމްއެޗުގެ މިސްކިތުގައި ތިބި އަންހެނުންތަކަކަށް ޖިންސީ ގުނަވަން ދައްކާފައެވެ. ކޯޓު އަމުރުގައި ބަޔާންކޮށްފައިވަނީ، މި މީހާގެ މައްޗަށް ތުހުމަތުކުރެވޭ މިންވަރަށް ހެއްކާއި ގަރީނާ ފުލުހުން ހުށަހަޅާފައިވާ ކަމަށެވެ.
މީގެ އިތުރުން، މި ފިރިހެނާގެ ކުށުގެ ރެކޯޑުގައި މިފަދަ އެހެން މައްސަލަތައްވެސް ހުރިކަން ފާހަގަކުރެވެއެވެ. ފުލުހުން ކޯޓުގައި ބުނެފައިވާ ގޮތުގައި، މިދިޔަ ޖޫން މަހުގެ ތެރޭގައި މާލޭގެ ސްކޫލަކަށް ވަދެ ބަރަހަނާވުމުގެ މައްސަލައެއްވެސް މި މީހާގެ މައްޗަށް ތުހުމަތުކުރެވިފައިވެއެވެ.
ކޮމެންޓު ފޮނުވާ