ވިއްސާރައިގެ ސަބަބުން ރަށެއްގައި ބޮޑުވި ފެންގަނޑު ހިންދުމުގެ މަސައްކަތް - ފައިލް ފޮޓޯ: އެމްއެންޑީއެފް

ވިއްސާރާގައި 13 ރަށެއްގެ 77 ގެއަކަށް ގެއްލުންވެ، 3 ރަށެއްގެ ދަނޑުބިންތަކަށް ބޮޑެތި ގެއްލުންތައްވި: އެންޑީއެމްއޭ

ވިއްސާރާގައި 13 ރަށެއްގެ 77 ގެއަކަށް ގެއްލުންވެ، 3 ރަށެއްގެ ދަނޑުބިންތަކަށް ބޮޑެތި ގެއްލުންތައްވި: އެންޑީއެމްއޭ

ރާއްޖެއަށް ފާއިތުވި 2 ހަފްތާގައި ކުރި ހުޅަނގު ވިއްސާރާގައި 13 ރަށެއްގެ 77 ގެއަކަށް ގެއްލުންވެ، 3 ރަށެއްގެ ދަނޑުބިންތަކަށް ބޮޑެތި ގެއްލުންތައްވިކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) ބުނެފިއެވެ.

އެންޑީއެމްއޭއިން ހާމަކޮށްފައިވާ ގޮތުގައި، ހުޅަނގު މޫސުމުގެ ބޯ ވިއްސާރައިގައި ރާއްޖޭގެ އުތުރު ސަރަޙައްދުގައި ރޭ ވެހުނު ބޯ ވާރޭގެ ސަބަބުން ގިނަ ގެތަކަކަށް ވަނީ ގެއްލުން ލިބިފައެވެ. ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މަޢުލޫމާތު ދީފައިވާ ގޮތުގައި ޖުމުލަ 68 ގެއަކަށް ގެއްލުން ލިބި، 3 ގެއަކުން މީހުން ބަދަލުކުރަން ޖެހުނެވެ.

އެންޑީއެމްއޭ އިން މިއަދު އެކްސްގައި ހިއްސާކުރި މަޢުލޫމާތުގައިވާ ގޮތުން:

1. ހއ. ހޯރަފުށި: 2 ގެއަކަށް ގެއްލުން
2. ހދ. ކުޅުދުއްފުށި: 57 ގެއަކަށް ގެއްލުން
3. ށ. ފީވައް: 5 ގެއަކަށް ގެއްލުން
4. ށ. ނޫމަރާ: 5 ގެއަކަށް ގެއްލުން

މި 4 ރަށުގެ ތެރެއިން ހދ. ކުޅުދުއްފުށީގައި 3 ގެއަކުން މީހުން ބަދަލުކުރަން ޖެހުނެވެ.

ރޭގައި މޫސުމާބެހޭ ޤައުމީ މަރުކަޒުން (މެޓް އޮފީސް) ހއ. އިން ފެށިގެން ށ. އާ ހަމައަށް އޮރެންޖު އެލާޓެއް ނެރުނެވެ. މި އެލާޓް ނެރުނީ ރޭގަނޑު 20:30 އިން 22:30 އަށް، ގުގުރުމާއެކު ބޯކޮށް ވާރޭވެހި ފެންބޮޑުވެދާނެކަމަށް ލަފާކުރެވޭތީއެވެ.

އެންޑީއެމްއޭ އިން މިހާރު ދަނީ އަތޮޅުތަކާއި މާލޭގައި ގެތަކަށް ލިބުނު ގެއްލުންތަކުގެ އެސެސްމަންޓް ހަދަމުންނެވެ. އެ އިދާރާއިން އެކްސްގައި ޝާއިޢުކޮށްފައިވާ ގޮތުގައި، 19 އޮގަސްޓު 14:00 ގެ ނިޔަލަށް 13 ރަށެއްގެ 77 ގެއަކަށް ގެއްލުންވެފައިވާ ކަމަށާއި، 3 ރަށެއްގެ ދަނޑުބިންތަކަށް ބޮޑެތި ގެއްލުންތައް ވެގެން ރިޕޯޓުކޮށްފައިވެއެވެ.

މާލޭގައި ފެންބޮޑުވެގެން އެސެސްމަންޓް ހަދަންޖެހޭ ކަމަށް ފާހަގަކުރެވުނު 41 ގޭގެ ތެރެއިން 37 ގެއެއްގެ އެސެސްމަންޓް މިހާރު ވަނީ ނިމިފައެވެ. މި 37 ގެއަށް ލިބުނު ގެއްލުމުގެ ޖުމުލަ އަގު 819,549 ރުފިޔާއަށް އަރާ ކަމަށް އެންޑީއެމްއޭ އިން ފާހަގަކޮށްފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *