ބުޅާ މަސް ކެއުމާއި ގަނެވިއްކުން ޙަރާމްވާނެ: ޝެއިޚް ސަމީރު

ބުޅާ މަސް ކެއުމާއި ގަނެވިއްކުން ޙަރާމްވާނެ: ޝެއިޚް ސަމީރު

Author
ހުސައިން
21 އޮގަސްޓް 2024 01:30
0

ބުޅާ މަސް ކެއުމާއި ގަނެވިއްކުން ޙަރާމްވާނެ ކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިޚް އަހްމަދު ސަމީރު ވިދާޅުވެއްޖެއެވެ. މީސް މީޑިޔާގައި ކުރެއްވި ޕޯސްޓެއްގައި ޝެއިޚް ސަމީރު ވިދާޅުވެފައިވަނީ ބުޅާ މަހަކީ ހަރާމް އެއްޗެއް ކަމަށާއި، އަދި ބުޅާ މަސް ކެއުމާއި ގަނެ ވިއްކުން ޙަރާމް ކަމަށެވެ. ނަމަވެސް، ނޭނގި ބުޅާ މަސް ކެއުމަކުން ފާފަވެރިއެއް ނުވާނެ ކަމަށްވެސް ޝެއިޚް ވިދާޅުވެފައިވެއެވެ.

މި ވާހަކަފުޅުތައް ޝެއިޚް ސަމީރު ދައްކަވާފައިވަނީ މާލޭގައި ބުޅާ މަސް ބޭނުންކޮށްގެން ކާބޯތަކެތި ވިއްކި ކަމަށް ބެލެވޭ ބިދޭސީއެއްގެ މައްސަލަ ހޫނުވެފައިވާ ދަނޑިވަޅެއްގައެވެ. މި މައްސަލަ ފުރަތަމަ ފާހަގަކުރެވުނީ މީސްމީޑިޔާގައި ހިއްސާކުރެވުނު ވީޑިއޯއަކުންނެވެ. އެ ވީޑިއޯގައި ފެންނަނީ ބުޅާ މަހުން ކާނާ ތައްޔާރުކުރާ ކަމަށް ތުހުމަތު ކުރެވޭ ބަންގްލަދޭޝް މީހަކު ބުޅާތައް އަތުލުމަށް ކޮތަޅެއް ހިފައިގެން ބުޅާ އުޅޭ ސަރަހައްދެއްގައި ހުރި މަންޒަރެވެ.

ފުލުހުން މިހާރު ވަނީ މި މައްސަލަ ތަހުގީގު ކުރަން ފަށާފައެވެ. ފުލުހުން ބުނާ ގޮތުގައި މި މައްސަލައިގައި ތުހުމަތު ކުރެވެނީ އަރަފާތު ހުސައިން ނަމަކަށް ކިޔާ ބަންގްލަދޭޝްއަށް ނިސްބަތްވާ 32 އަހަރުގެ ފިރިހެނެއްގެ މައްޗަށެވެ. ބުޅާ މަހުން ހަދާފައި ހުރި ކާނާ ފިހާރަތަކުގައި ވިއްކާކަމަށް އިތުރު ވީޑިއޯތަކުންވެސް ދައްކުވައިދޭ ކަމަށް ބެލެވޭތީ، މި މައްސަލަ ބެލުމަށް މާލޭގެ ގިނަ ބަޔަކު މިހާރު ވަނީ ގޮވާލާފައެވެ. މި ހާދިސާއާ ގުޅިގެން ޝެއިޚް ސަމީރު އިތުރަށް ވިދާޅުވެފައިވަނީ ނޭނގި ބުޅާ މަސް ކެއުމަކުން ފާފަވެރި ނުވާނެ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.