Ad
ޓީމު އޮތީ ވަރުގަދަ ރޫހެއްގައި، މޮޅުވުމުގެ ޖޯޝުގައި: ލޯވް

ޓީމު އޮތީ ވަރުގަދަ ރޫހެއްގައި، މޮޅުވުމުގެ ޖޯޝުގައި: ލޯވް

Author
އިބްރާހީމް ސާޢިދު
10 އޮކްޓޯބަރ 2020 08:02
0

ޔުއެފާ ނޭޝަންސް ލީގުގައި މިރޭ މެޗަށް ނުކުންނައިރު ޓީމު އޮތީ ވަރަށް ވަރުގަދަ ރޫހެއްގައި މޮޅުވުމުގެ ޖޯޝުގައިކަމަށް ޖަރުމަނު ކޯޗު ޔަކިމް ލޯވް ބުނެފިއެވެ.

އެންމެފަހުން ކުޅުނު ދެމެޗުގައި ވެސް ވަރަށްގިނަ ފުރުސަތަތައް ލިބި ބޭކާރުކޮއްލެވުނު ކަމަށާއި އެކަންކަން ރަނގަޅުކުރަން ޖެހޭކަމަށް ޖަރުމަނު ކޯޗު ޔަކިމް ލޯވް ވަނީ ބުނެފަ އެވެ. ނޭޝަސްލީގުގައި މިރޭ ސްވިޒަލޭންޑްއާ ދެކޮޅަށް ނުކުތުމުގެ ކުރިން ވާހަކަދައްކަމުން ލޯވް ބުނީ ޖަރުމަނުގެ މިހާރު މިއޮތް ޓީމުން ކުރިއެރުން ހޯދަން އިތުރުވަގުތު އަދި ބޭނުންވާކަމަށެވެ.

މިހާރު މިއޮތް ޓީމަށް އަސްލު ވަގުތު ބޭނުންވޭ، މިއީ ވާދަވެރިންގެ މައްޗަށް ގަދަވެ ހިއްވަރު ހޯދަންވީ ވަގުތު"

– ލޯވް

އޭނާ ބުނީ ފާއިތުވެގެންދިޔަ މެޗުތަކުގައި އުނދަގޫ ހާލަތްތައް ތަޖުރިބާކޮއްފި ކަމަށާއި މިއީ ވާދަވެރިންނާ ކުރިމަތިލާ ކާމިޔާބުހޯދަން ހިއްވަރުލާންވީ ވަގުތުކަމަށެވެ. އެންމެފަހުން މި ދެޓީމު ވާދަކުރި މެޗުން 2-0 ލަނޑުން ކާމިޔާބުކުރީ ޖަރަމަނުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.