ރ. ފުއްގިރި ހިޔާނާތުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ދައުވާތަކާއި ގުޅިގެން މާދަމާ ބާއްވަން ތާވަލު ކުރި ޝަރީއަތުގެ އަޑުއެހުން ކެންސަލް ކޮށްފިއެވެ.
އެމްއެމްޕީއާރުސީ މެދުވެރިކޮށް ރ. ފުއްގިރި ކުއްޔަށް ދޫކުރި މައްސަލައިގައި ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލު ކުރައްވައި، އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ ޔާމީންގެ މައްޗަށް ދައުވާކޮށްފައި ވެއެވެ.
ފުއްގިރި މައްސަލައިގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ބޭއްވުމަށް މާދަމާ ތާވަލު ކުރިއިރު، ދައުލަތުން އެދިގެން މާދަމާގެ ޝަރީއަތުގެ އަޑުއެހުން ކެންސަލްކޮށްފައިބާއިރު، އެ އަޑުއެހުން ކެންސަލް ކޮށްފައި ވަނީ ދައުލަތުގެ ހެކިންނަށް ހާޒިރު ނުކުރެވޭތީއެވެ. ފުއްގިރި މައްސަލަ ކްރިމިނަލް ކޯޓުގައި އޮތީ ވަކި ހިސާބަކުން މަޑު ޖެހިފައެވެ.
މީގެ އިތުރުން ބުދަ ދުވަހަށް ވަނީ ވ. އާރަށު މައްސަލައިގެ އަޑުއެހުމެއް ތާވަލުކޮށްފައެވެ.
ކޮމެންޓު ފޮނުވާ