ރައީސް ޔާމިން މިހާރު އެހުންނެވީ ސިޔާސީ މައިދާނުން ބޭރު ކޮށްފައިކަމަށް ވިދާޅުވެ، މި ސަރުކާރުގެ ޓުއަރިޒަމް މިނިސްޓަރ އިބުރާހިމް ފައިސަލް ދެއްކެވި ވާހަކަތަކަށް ރައީސް ޔާމިމް ރައްދު ދެއްވައިފިއެވެ.
އަމިއްލަ ނޫހަކުން ގެނައި، "ހަވާސާއިން ބޭރުން" ޕޮޑްކާސްޓެއްގައި ވާހަކަދައްކަވަމުން ފައިސަލް ވިދާޅުވެފައިވަނީ ޔާމީނަށް ދެން ދުވަހަކުވެސް ވެރިކަމަށް ވަޑައިނުގެންނެވޭނެ ކަމަށެވެ. އަދި ޔާމީން މިހާރު ހުންނެވީ ސިޔާސީ މައިދާނުން އެކަހެރިކޮށްފައި ކަމަށް އޭނާ ވިދާޅުވިއެވެ. މިނިސްޓަރު ފައިސަލް މިސާލެއްގެ ގޮތުގައި ނަންގަވާފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީ ދޫކުރައްވައި އާ ޕާޓީއެއް އުފެއްދެވުމުން ތާއީދު ފަނޑުވެގެން ދިޔަ ގޮތެވެ.
"ރައީސް ޔާމީން ހިނި އަޔަސް, ރުޅި އަޔަސް, ތުރުތުރު އެޅިޔަސް މިއަދު ރައީސް ޔާމީން އެހުރީ ސިޔާސީ މައިދާނުން އެކަހެރިކޮށްފައި،"
ޕޮޑްކާސްޓް ޕްރޮގްރާގައި ވާހަކަ ދައްކަވަމުން ފައިސަލް ވިދާޅުވެފައި ވެއެވެ.
ފައިސަލްގެ ވާހަކަތަކަށް ރައްދު ދެއްވަމުން، ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް)ގެ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވެފައިވަނީ އެމަނިކުފާނު ސިޔާސީ މައިދާނުން އެކަހެރި ނުކުރެވޭނެ ކަމަށެވެ. އަދި އެމަނިކުފާނު މިހާރުވެސް ހުންނެވީ ސިޔާސީ މައިދާނުގައި ކަމަށް ވިދާޅުވިއެވެ.
އަޅުގަނޑު ސިޔާސީ މައިދާނުން އެކަހެރިވެގެނެއް ނޫން މިހުރީ. އެކަހެރި ނުވެސް ކުރެވޭނެ. އަޅުގަނޑު މިހުރީ ސިޔާސީ މައިދާނުގައި.
ރޭގެ ޕީއެންއެފް ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް ޔާމީން އިތުރަށް ވިދާޅުވެފައިވަނީ އެ މޭރުމުން އެމަނިކުފާނަށް ފާޑު ވިދާޅުވަމުން ގެންދަވާ ދައްކަވާ ފަރާތްތަކަކީ ސިޔާސީ ގޮތުން ބުރަދަނެއް ނެތް ބައެއް ކަމަށެވެ.
ކޮމެންޓު ފޮނުވާ