ލޭނު މަސްވެރިކަން ކުރުމުގެ ހުއްދަ ދިނުމާ ގުޅޭ ގޮތުން މަޖިލީހަށް ހުށަހެޅުނު ކުއްލި މައްސަލަ ބޭރު ކޮށްލައިފި

ލޭނު މަސްވެރިކަން ކުރުމުގެ ހުއްދަ ދިނުމާ ގުޅޭ ގޮތުން މަޖިލީހަށް ހުށަހެޅުނު ކުއްލި މައްސަލަ ބޭރު ކޮށްލައިފި

Author
ހުސައިން
19 އޮގަސްޓް 2024 09:52
0

ލޭނު މަސްވެރިކަން ކުރުމުގެ ހުއްދަ ދިނުމާ ގުޅޭ ގޮތުން މަޖިލީހަށް ހުށަހެޅުނު ކުއްލި މައްސަލަ މިއަދު ބޭރުކޮށްލާއިފިއެވެ. މި މައްސަލަ ހުށަހެޅުއްވީ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރެވެ. މައްސަލަ ބަލައިގަތުމަށް 11 މެންބަރުން ވޯޓު ދެއްވި އިރު، 47 މެންބަރުން ވޯޓު ދެއްވީ މައްސަލަ ބަލައިނުގަތުމަށެވެ.

މައްސަލައިގައި ފާހަގަކޮށްފައިވާ މުހިންމު ނުކުތާތަކުގެ ތެރޭގައި ލޭނު މަސްވެރިކަން ކުރުމުގެ ސަބަބުން ކަނޑުގެ ދިރުންތަކަށް ކުރިމަތިވެދާނެ ނޭދެވޭ އަސަރުތަކާއި، މަސްވެރިކަމުގެ ސިނާޢަތަށް ލިބިދާނެ ގެއްލުންތައް ހިމެނެއެވެ. އަދި މީގެ އިތުރުން މަސްވެރިންނާއި، ފަތުރުވެރިކަމުގެ ސިނާޢަތާއި، ތިމާވެށި ހިމާޔަތްކުރާ ފަރާތްތަކުގެ ކަންބޮޑުވުންތައް ވެސް ފާހަގަކޮށްފައިވެއެވެ.

ކޯޓާ ދިނުމުގެ އުސޫލުން ކުރިމަތިވެދާނެ މައްސަލަތަކުގެ ތެރޭގައި ކަޅު ބާޒާރެއް އުފެދުމުގެ ފުރުސަތު އޮތްކަމަށް ބަޔާންކޮށްފައިވެއެވެ. މީގެ އިތުރުން، ދިވެހި މަސްވެރިންނަށް ލިބިދާނެ އިޤްތިޞާދީ ގެއްލުންތަކާއި، ތިމާވެއްޓަށާއި ފަތުރުވެރިކަމުގެ ސިނާޢަތަށް ދިގު މުއްދަތުގައި ކުރާނެ އަސަރުތަކާ ބެހޭ ގޮތުންވެސް ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

މި މައްސަލައިގައި، ކުރީގެ ސަރުކާރުތަކުން ވެސް ލޭނު މަސްވެރިކަމުގެ ހުއްދަ ދީފައިވާކަމަށް ފާހަގަކޮށްފައިވާއިރު، އެ ނިންމުންތައް ތަންފީޒުކޮށްފައި ނުވާކަމަށް ބަޔާންކޮށްފައިވެއެވެ. މިގޮތަށް ހުއްދަ ދިނުމުން ދިވެހިރާއްޖޭގެ ކަނޑުގެ ވެއްޓާއި، ތިމާވެއްޓަށް އަދި ފަތުރުވެރިކަމުގެ ސިނާޢަތަށް ދިގު މުއްދަތުގައި ބޮޑެތި ގެއްލުންތަކެއް ލިބިދާނެކަމަށް މައްސަލަ ހުށަހެޅުއްވި މެންބަރު ވިދާޅުވެފައިވެއެވެ.

އާހިރުގައި މިކަމުގެ މާލީ ގެއްލުން ތަހައްމަލުކޮށް، މަސައްކަތުގެ ހަމަ އަގު ނުލިބި ތިބެން ޖެހޭނީ ދިވެހި އާންމު ބޮޑު ކަންނެލި މަސްވެރިން. ބޮޑު ކަންނެލި ލޭނުގެ މަސްވެރިކަން ހުއްދަ ކުރުމުގެ ސަބަބުން ދިވެހިރާއްޖޭގެ ކަނޑުގެ ވެއްޓާއި، ތިމާވެއްޓަށް އަދި ފަތުރުވެރިކަމުގެ ސިނާއަތަށްވެސް ދިގު ރާސްތާގައި ފޫ ނުބެއްދޭ ވަރުގެ ގެއްލުންތަކެއް ކުރާނެކަމުގައި ދެކެން.

މައުރޫފް ހުށަހެޅި ކުއްލި މައްސަލާފައި ވިދާޅުވެފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.