ވިޔަފާރީގެ ބޭނުމަށް ބިން ކުއްޔަށް ދޫކުރަމުން ދަނީ އެ ކުންފުނިން އަބަދުވެސް ޢަމަލުކުރަމުން އަންނަ އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީއޯއައި) ޕްރޮސެސްގެ ތެރެއިންކަމަށް ހައުސިންގ ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.
ބިން ކުއްޔަށް ދޫކުރުމާ ގުޅޭ ގޮތުން އެޗްޑީސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ޕްރޮސެސްގެ ތެރެއިން ހުރިހާ ވިޔަފާރިތަކަށް ފުރުޞަތު ދިނުމުގެ ގޮތުން، އެކަމަށް ޝައުޤުވެރިކަން ފާޅުކުރާ ތަރުތީބުން ހުރިހާ ފަރާތްތަކަށްވެސް ބިން ކުއްޔަށް ދޫކުރަމުންދާ ކަމަށެވެ.
މީގެއިތުރުން، ބިން ކުއްޔަށް ދޫކުރުމަށް ކަނޑައަޅާފައިވާ އަގުތަކަކީ އެ ކުންފުނީގެ ބޯޑުން އެންޑޯޒްކޮށްފައިވާ އަގުތަކެއް ކަމަށްވެސް އެޗްޑީސީން ހާމަކޮށްފައިވެއެވެ.
ކޮމެންޓު ފޮނުވާ