މަސްތުވާތަކެތީގެ ތުހުމަތު ކުރެވޭ އައިޖީއެމްއެޗްގެ ނަރުސް ސަސްޕެންޑް ކޮށްފި

މަސްތުވާތަކެތީގެ ތުހުމަތު ކުރެވޭ އައިޖީއެމްއެޗްގެ ނަރުސް ސަސްޕެންޑް ކޮށްފި

Author
ހުސައިން
18 އޮގަސްޓް 2024 10:20
0

މާލޭގެ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގެ ނަރުހަކު މަސްތުވާތަކެތި ބޭނުންކުރާ ކަމުގެ ތުހުމަތުގައި ސަސްޕެންޑް ކޮށްފިއެވެ.

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގައި މަސައްކަތްކުރާ އިސް ނަރުހަކު މަސްތުވާތަކެތި ބޭނުންކުރާ ކަމުގެ ތުހުމަތުގައި ސަސްޕެންޑްކޮށްފައިވާ ކަމަށް ހޮސްޕިޓަލުން ވަނީ ޔަގީންކޮށްދީފައެވެ. އެހެންނަމަވެސް، ސަސްޕެންޑްކުރެވުނު ނަރުހުގެ އިތުރު މަޢުލޫމާތު ހޮސްޕިޓަލުން ހާމަކޮށްފައެއް ނުވެއެވެ.

މި މައްސަލައިގައި ތުހުމަތުކުރެވެނީ އިސް ނަރުހަކު ޑިއުޓީ ގަޑީގައި މަސްތުވާތަކެތި ބޭނުންކުރި ކަމަށެވެ. މައްސަލައިގެ ސީރިއަސްކަމަށް ބަލައި، އައިޖީއެމްއެޗްއިން ވަނީ މި މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ރިޕޯޓުކޮށްފައެވެ.

ފުލުހުން މަޢުލޫމާތު ދެމުން ބުނެފައިވަނީ، އައިޖީއެމްއެޗްއިން މި މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން މިހާރު ތަޙުޤީޤު ކުރިއަށްދާ ކަމަށެވެ. އެހެންނަމަވެސް، މައްސަލައާ ގުޅޭ އިތުރު ތަފްސީލު ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. އަދި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިވާކަން ނުވަތަ ނޫންކަންވެސް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.