ހުޅުމާލޭގައި ހުރި ސްޕާއެއްގައި މަސައްކަތްކުރާ ބޭރު އަންހެނަކަށް ކަޓަރުން ހަމަލާދީ، ފައިސާ ފޭރުމުގެ ތުހުމަތުގައި ދިވެހި ފިރިހެނަކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.
މިއަދު ފަތިހުގެ ވަގުތެއްގައި ހިނގި މި ހާދިސާއާ ގުޅިގެން ހައްޔަރުކުރެވުނު މީހާގެ މަޢުލޫމާތު ފުލުހުން ވަނީ މިރޭ ހާމަކޮށްފައެވެ. ފުލުހުން ބުނާ ގޮތުގައި ކޯޓު އަމުރަކާ އެކު ހައްޔަރުކުރެވުނީ ގދ. ތިނަދޫ / ސްކޫނާ، އަލީ ޝައްމާހު ވަހީދު (29 އަހަރު) އެވެ.
ހުޅުމާލެ ފޭސް 1 ގައި ހުންނަ ސްޕާއެއްގައި މަސައްކަތްކުރާ ބިދޭސީ އަންހެނަކަށް ކަޓަރު ދައްކައި ބިރުދެއްކުމަށްފަހު ފައިސާ ފޭރިގަތް މައްސަލައެއް ތަޙުޤީޤުކުރަމުންދާ ކަމަށް ފުލުހުން މިއަދު ހެނދުނު ވަނީ ހާމަކޮށްފައެވެ.
މި މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.
ކޮމެންޓު ފޮނުވާ