ބިދޭސީ މުވައްޒަފުންގެ ފީ ނުދައްކާ ފަރާތްތަކަށް އިތުރު މުހުލަތެއް ދީފި

ބިދޭސީ މުވައްޒަފުންގެ ފީ ނުދައްކާ ފަރާތްތަކަށް އިތުރު މުހުލަތެއް ދީފި

ގުޅުންހުރި

ބިދޭސީ މުވައްޒަފުންގެ ފީ ނުދައްކާ ފަރާތްތަކަށް އިތުރު މުހުލަތެއް ސަރުކާރުން ދީފިއެވެ.

މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީން މި މަހުގެ 24 ވަނަ ދުވަހު 100,000 ރުފިޔާއަށްވުރެ ގިނަ އަދަދެއްގެ ބިދޭސީންގެ ފީ ނުދައްކާ ކުންފުނިތަކުގެ ލިސްޓެއް ޢާންމުކުރިއެވެ. އެ ލިސްޓު ޢާންމުކުރުމަށްފަހު، މި މަހުގެ 12 ވަނަ ދުވަހުގެ ކުރިން ފައިސާ ދެއްކުމަށް އެންގުނެވެ. އޭގެ ފަހުން، އިއްޔެ މިނިސްޓްރީން ވަނީ ފައިސާ ދެއްކި 20 ކުންފުންޏެއްގެ ނަން ހާމަކޮށްފައެވެ.

މިއަދު މިނިސްޓްރީން ނެރުނު އިޢުލާނެއްގައި ބަޔާންކޮށްފައިވަނީ، ފައިސާ ނުދައްކާ ކުންފުނިތަކަށް މި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ފައިސާ ދެއްކުމަށް އަންގާފައިވާ ކަމަށެވެ. މި މުއްދަތުގެ ތެރޭގައި ފައިސާ ނުދައްކާ ފަރާތްތަކަށް ސެޕްޓެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން އެކްސްޕެޓް ސިސްޓަމުން ސަސްޕެންޑް ކުރެވި، ސިސްޓަމް މެދުވެރިކޮށް ފޯރުކޮށްދެމުންދާ ޚިދުމަތްތައް މެދުކަނޑާލެވޭނެ ކަމަށްވެސް އިޢުލާނުގައި ބަޔާންކޮށްފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ