ލ. ގަމުގައި ބޮގަރު ކައްކާކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދެ މީހުންގެ ވަނަވަރު ފުލުހުން ހާމަކޮށްފި

ލ. ގަމުގައި ބޮގަރު ކައްކާކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދެ މީހުންގެ ވަނަވަރު ފުލުހުން ހާމަކޮށްފި

Author
ހުސައިން
17 އޮގަސްޓް 2024 09:11
0

ފުލުހުންގެ އިންޓެލިޖެންސް މަޢުލޫމާތަށް ބިނާކޮށް، ގަން / ތުނޑި، ވިލެޖް ގޭގައި މަސްތުވާތަކެތި ބޭނުންކޮށް، ވިއްކައި އަދި ބޮގަރު އުފައްދާ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި އިއްޔެ ކޯޓު އަމުރަކާއެކު އެ ގެ ބަލައި ފާސްކޮށް ހައްޔަރު ކުރި މީހުންގެ ވަނަވަރު އާންމު ކޮށްފިއެވެ.

މި ގެ ބަލާ ފާސްކުރުމުގައި 24.42 ގްރާމްގެ ހެރޮއިން ކަމަށް ބެލެވޭ ތަކަތިވެސް ފެނުނެވެ. މީގެ އިތުރުން، ބޮގަރު ކަމަށް ޝައްކުކުރެވޭ އެއްޗެއް އެކުލެވޭ 2 ރުނބަ އަދި 5 ލީޓަރުގެ ފުޅިއެއް ވެސް ހޯދުނެވެ. އަދި ބޮގަރު އުފެއްދުމަށް ބޭނުންކުރާ ސާމާނު ވެސް އެ ގެއިން ފެނުނު ކަމަށްވެސް ފުލުހުން މަޢުލޫމާތު ދިނެވެ.

މި މައްސަލައާ ގުޅިގެން 42 އަހަރާއި 57 އަހަރުގެ ދެ ދިވެހި ފިރިހެނުން ވަނީ ހައްޔަރުކުރެވިފައެވެ. މިރޭ ފުލުހުން ވަނީ މި ދެ މީހުންގެ ވަނަވަރާއި ފޮޓޯ ޢާންމުކޮށްފައެވެ.

އެ ދެމީހުންނަކީ ލ. ގަން، ތުނޑި، ވިލެޖް އަހުމަދު ޝުޖާއު (42އ) އާއި، ލ. ގަން، ތުނޑި ފަންހިޔަނި އަލީ ޝަރީފް (57އ) އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.