ބިދޭސީ އަންހެނަކަށް ކަޓަރުން އަނިޔާކޮށް ފޭރިގަތް މައްސަލައެއް ތަހުގީގު ކުރަނީ

ބިދޭސީ އަންހެނަކަށް ކަޓަރުން އަނިޔާކޮށް ފޭރިގަތް މައްސަލައެއް ތަހުގީގު ކުރަނީ

Author
ހުސައިން
17 އޮގަސްޓް 2024 04:39
0

ބިދޭސީ އަންހެނަކަށް ކަޓަރުން އަނިޔާކޮށް ފޭރިގަތް މައްސަލައެއް ތަޙުޤީޤު ކުރަމުން ދާކަން ފުލުހުން ހާމަ ކޮށްފިއެވެ.

މި ހާދިސާގައި އަނިޔާ ލިބުނު އަންހެންމީހާގެ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ފެތުރިފައިވެއެވެ. މި ފޮޓޯތަކުން ފެންނަ ގޮތުގައި އޭނާއަށް ތަފާތު މިންވަރުތަކުގެ އަނިޔާތަކެއް ލިބިފައިވެއެވެ. އަދި މީގެ އިތުރުން، މި ޢަމަލު ހިންގި ކަމަށް ބެލެވޭ މީހެއްގެ ފޮޓޯއެއްވެސް އާންމުކޮށްފައިވެއެވެ.

ފުލުހުންގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ ހުޅުމާލެ ފޭސް 1 ގައި ހުންނަ ސްޕާއެއްގައެވެ. އެތަނުގައި މަސައްކަތްކުރާ ބިދޭސީ އަންހެނެއްގެ ގައިގައި ކަޓަރު އަޅައި، ބިރުދައްކައި، ފައިސާ ފޭރިގަތް ކަމުގެ ރިޕޯޓެއް ފުލުހުންނަށް ލިބިފައިވާ ކަމަށް ބުނެފައިވެއެވެ. އަދި މި މައްސަލަ މިހާރު ދަނީ ތަޙުޤީޤު ކުރަމުންނެވެ.

ނަމަވެސް، މި މައްސަލައާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.