މަރުޙޫމު އޯކޭ ޒާހިރުގެ އާއިލާއަށް ރައީސް ތައުޒިޔާ ފޮނުއްވައިފި

މަރުޙޫމު އޯކޭ ޒާހިރުގެ އާއިލާއަށް ރައީސް ތައުޒިޔާ ފޮނުއްވައިފި

ގުޅުންހުރި

މަޝްހޫރު ވިޔަފާރިވެރިޔާ އަދި އިޤްތިޞާދީ ދާއިރާގައި ޤައުމީ އިނާމު ޙާޞިލްކުރައްވާފައިވާ މުޙައްމަދު ޒާހިރު (އޯކޭ ޒާހިރު) ނިޔާވުމުގެ ހިތާމާގައި ރައީސް މުއިއްޒު އޭނާގެ އާއިލާއަށް ތައުޒިޔާ ފޮނުއްވައިފިއެވެ. ޒާހިރު ނިޔާވީ އުމުރުން 76 އަހަރުގައެވެ.

ސްރީލަންކާގެ އާސިރީ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ދަނިކޮށް މިއަދު ފަތިހު 4:30 ހާއިރު އޭނާ ނިޔާވެފައިވާކަން އާއިލާއިން ވަނީ ކަށަވަރުކޮށްދީފައެވެ.

އޯކޭ ޒާހިރަކީ ރާއްޖޭގައި ގިނަ ކާރުޚާނާތަކެއް ހިންގަވައި، ޤައުމުގެ އަމިއްލަ އުފެއްދުންތައް ބާޒާރަށް ނެރުއްވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާގެ އުފެއްދުންތަކުގެ ތެރޭގައި ހާޕިކް ލިކުއިޑް (ސާފް ލިކުއިޑް)، ވިމް ޕައުޑަރު (ތިރުނަ ޕައުޑަރު)، ރެހެންދި ޓެލްކަމް ޕައުޑަރު، އުއްބައްތި (ރީތިއަލި) އަދި އެހެނިހެން ގޭގައި ބޭނުންކުރާ ސާމާނު ހިމެނެއެވެ.

އިޤްތިޞާދީ ދާއިރާއަށް ކުރެއްވި ޚިދުމަތްތަކަށްޓަކައި 1993 ވަނަ އަހަރު ޒާހިރަށް ވަނީ ޤައުމީ އިނާމު ލިބިވަޑައިގެންފައެވެ. މީގެ އިތުރުން، ޒާހިރަކީ ރާއްޖޭގައި ޑިމޮކްރެސީ ގާއިމުކުރުމަށް މަސައްކަތްކުރެއްވި އެކްޓިވިސްޓެއްގެ ގޮތުގައިވެސް ފާހަގަކުރެވިފައިވާ ބޭފުޅެކެވެ.

ޒާހިރުގެ ނިޔާވުމާއި ގުޅިގެން ގިނަ ސިޔާސީ ފަރާތްތަކާ ވިޔަފާރިވެރިން ވަނީ ހިތާމަ ފާޅުކޮށްފައެވެ. ޒާހިރުގެ ޢާއިލާއަށް ތަޢުޒިޔާ ރައްދުކޮށް، ގިނަ ފަރާތްތަކުން ވަނީ އޭނާގެ ހަނދާން އާކޮށް، އޭނާ ޤައުމަށް ކޮށްދެއްވާފައިވާ ޚިދުމަތްތައް ފާހަގަކޮށްފައެވެ.

މަރުޙޫމް މުޙައްމަދު ޒާހިރުގެ އަނބިކަނބަލަކާއި 9 ދަރިން ދުނިޔޭގައި އެބަތިއްބެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ