އޯކޭ ޒާހިރު ނިޔާވެއްޖެ

އޯކޭ ޒާހިރު ނިޔާވެއްޖެ

ގުޅުންހުރި

މުޙައްމަދު ޒާހިރު (އޯކޭ ޒާހިރު) ނިޔާވެއްޖެއެވެ. އުމުރުން 76 އަހަރުގައި އޭނާ ނިޔާވީ ސްރީލަންކާގެ އާސިރީ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ދަނިކޮށް، ރޭ ފަތިހު 4:30 ހާއިރުއެވެ. މިކަން އާއިލާއިން ވަނީ ކަށަވަރުކޮށްދީފައެވެ.

ޒާހިރަކީ މަޝްހޫރު ވިޔަފާރިވެރިއެއްގެ އިތުރުން، ރާއްޖޭގައި ޑިމޮކްރެސީ ގާއިމުކުރުމަށް މަސައްކަތްކުރި ފަރާތެއްވެސްމެއެވެ. އޭނާގެ އަނބިކަނބަލަކާއި 9 ދަރިން ތިއްބަވައެވެ. މިހާރުގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރުގެ ފުރަތަމަ އަނބިކަނބަލަކީ ޒާހިރުގެ ދަރިއެކެވެ.

އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ޒާހިރު ވަނީ ތިލަފުށީ ކޯޕަރޭޝަންގެ ބޯޑު މެންބަރުކަމާއި، އެމްޑީޕީގެ ފޮނަދޫ ދާއިރާގެ ރައީސްކަން ކުރައްވާފައެވެ.

ވިޔަފާރީގެ ދާއިރާގައި ޒާހިރަކީ އީޖާދީ އަދި އުފެއްދުންތެރި ބޭފުޅެކެވެ. ވިޔަފާރީގެ އުފެއްދުންތެރިކަމުގެ އިތުރުން، މަހުގެ ބާވަތްތަކާއި ހުއިފިލަނޑާ އެކްސްޕޯޓުކުރުމުގެ މަސައްކަތްވެސް އޭނާ ވަނީ ފުޅާ ދާއިރާއެއްގައި ކުރައްވާފައެވެ.

ޒާހިރުގެ އިޤްތިޞާދީ ހިއްސާ ފާހަގަކޮށް، 1993 ވަނަ އަހަރު އޭނާއަށް ވަނީ އިޤްތިޞާދީ މަސައްކަތް ކުރިއެރުވުމުގެ ރޮނގުން ޤައުމީ އިނާމު ދެއްވާފައެވެ.

ޒާހިރު އެންމެ ފާހަގަކޮށްލެވެނީ އިޞްލާޙީ މަސައްކަތުގައި ހިތްވަރާއެކު ބަސްބުނުއްވި ބޭފުޅެއްގެ ގޮތުގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ