މިމަހުގެ 17 ގައި ކ. ތުލުސްދޫގައި ފަށާ އޭޝިއަން ސާފިން ޗެމްޕިއަންޝިޕާ ދިމާކޮށް ސާފިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެމްއެސްއޭ) އިން މާޗަންޑައިޒް ލައިނެއް ތަޢާރަފްކޮށްފި އެވެ.
އޭޝިއާގެ އެންމެ ބޮޑު ސާފިން މުބާރާތުގައި މިއަހަރު 20 ގައުމަކުން 100 އަށްވުރެ ގިނަ އެތުލީޓުން ވާދަކުރާނެ އެވެ. މި މުބާރާތް ކުރިއަށްދާނީ މިމަހުގެ 17-24 އަށް ކ. ތުލުސްދޫގަ އެވެ.
އޭޝިއަން ސާފިން ޗެމްޕިއަންޝިޕަށް ޚާއްސަކޮށް ތައްޔާރުކުރި މާޗަންޑައިޒް ލައިން ތަޢާރަފްކޮށްދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އެވެ.

ޒުވާނުންގެ މަރުކަޒުގައި އޮތް ހާއްސަ ރަސްމިއްޔާތެއްގައި ސާފިން އެސޯސިއޭޝަންގެ މާޗަންޑައިޒް ކިޓްތައް ވަނީ ސްޕޮންސަރުންނާ ހަވާލްކޮށްފަ އެވެ.
ކޮމެންޓު ފޮނުވާ