ތޫނު ހަތިޔާރުން ބިރު ދެއްކި މީހަރު 5 ދުވަހަށް ބަންދު ކުރަން އަމުރު ކޮށްފި

ތޫނު ހަތިޔާރުން ބިރު ދެއްކި މީހަރު 5 ދުވަހަށް ބަންދު ކުރަން އަމުރު ކޮށްފި

Author
ހުސައިން
13 އޮގަސްޓް 2024 08:12
0

އުމުރުން 35 އަހަރުގެ މީހަކު ތޫނު ހަތިޔާރު ބޭނުންކޮށްގެން ބިރުދެއްކުމުގެ ތުހުމަތުގައި ހައްޔަރުކޮށްފިއެވެ. އެނގިފައިވާ ގޮތުގައި މިމައްސަލާގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވަނީ ހުސައިން ސުނީލް ނަމަކަށް ކިޔާ މީހެކެވެ.

އެނާ ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖެހުމަށް ކޯޓަށް ހާޒިރު ކުރުމުން، ކްރިމިނަލް ކޯޓުގެ ގާޒީ އިސްމާއިލް ޝަފީއު ވަނީ ސުނީލް ފަސް ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.

މި މައްސަލައިގެ އިތުރު ތަފްސީލު ފުލުހުން ހާމަކޮށްފައި ނުވިނަމަވެސް، ސުނީލްގެ ބަންދު އަމުރު ރިޕޯޓުން އެނގޭ ގޮތުގައި އޭނާއަކީ މިފަދަ ކުށްތަކުގައި ކުރިންވެސް އެތައް ފަހަރަކު ހައްޔަރުކުރެވިފައިވާ ފަރާތެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.