އާދަޔާ ޚިލާފަށް މޫސުން ގޯސްވުމާއި ގުޅިގެން ފްލައިޓް ޝެޑިއުލްތަކަށް ބުރޫ އަރާފާނެ: އެމްއޭސީއެލް

އާދަޔާ ޚިލާފަށް މޫސުން ގޯސްވުމާއި ގުޅިގެން ފްލައިޓް ޝެޑިއުލްތަކަށް ބުރޫ އަރާފާނެ: އެމްއޭސީއެލް

Author
ހުސައިން
13 އޮގަސްޓް 2024 07:50
0

ރާއްޖޭގެ އެކި ހިސާބުތަކަށް އާދަޔާ ޚިލާފަށް މޫސުން ގޯސްވުމާއި ގުޅިގެން، މި ހަފުތާގައި ބައެއް ފްލައިޓުތަކަށް ލަސްވުން ކުރިމަތިވެދާނެކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފިއެވެ. އެ ކުންފުނިން ޝާއިޢުކުރި ޕޯސްޓެއްގައި، މި ހަފުތާގައި ބޯކޮށް ވާރޭވެހުމުގެ ފުރުސަތު އޮތްކަމަށް ލަފާކުރެވޭތީ، އެއަރޕޯޓަށް ދަތުރުކުރާ ފަރާތްތަކުން މިކަމަށް ސަމާލުވެ، އެކަށީގެންވާ ތައްޔާރީތައް ވުމަށް އިލްތިމާސްކޮށްފައިވެއެވެ.

ހުޅަނގު މޫސުމުގެ ވިއްސާރާގައި، މުޅި ރާއްޖެއަށް މޫސުން ގޯސްވެފައިވާއިރު، މާލޭގައިވެސް މިއަދު ހެނދުނުން ފެށިގެން މެދުނުކެނޑި ވާރޭވެހި، އެކި ސަރަހައްދުތަކުގައި ފެންބޮޑުވެ، ގިނަ ޚިދުމަތްތަކަށް ދަތިތަކާ ކުރިމަތިލާންޖެހިފައިވެއެވެ.

މޫސުމުގެ ނުތަނަވަސްކަން އެންމެ ބޮޑަށް އަސަރުކޮށްފައިވަނީ ރާއްޖޭގެ އުތުރުގެ ސަރަހައްދުތަކަށެވެ. މޫސުމާބެހޭ އޮފީހުން އިއްޔެ ހއ. އަތޮޅުން ފެށިގެން ށ. އަތޮޅާ ހަމައަށް ހަތަރު ގަޑިއިރުގެ އޮރެންޖު އެލާޓެއް ނެރެފައިވެއެވެ.

މޫސުމާބެހޭ އޮފީހުގެ ލަފާގައިވާ ގޮތުން، ކުރިއަށް އޮތް ފަސް ދުވަހުގެ ތެރޭގައިވެސް ރާއްޖޭގެ ގިނަ ސަރަހައްދުތަކަށް ވިއްސާރަވެ، ވައިގަދަވުމުގެ ފުރުސަތު އޮތްކަމަށް ބެލެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.