މަޖިލިހުގެ މިދައުރު އޮގަސްޓް 26 އާއި ހަަމައަށް ދިގު ދަންމާލަނީ

މަޖިލިހުގެ މިދައުރު އޮގަސްޓް 26 އާއި ހަަމައަށް ދިގު ދަންމާލަނީ

Author
ހުސައިން
13 އޮގަސްޓް 2024 11:23
0

ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ މުއްދަތު އިތުރަށް މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ މިއަދު ހުށަހަޅުއްވައިފިއެވެ. މި ދައުރު މި މަހުގެ 26 ވަނަ ދުވަހާ ހަމައަށް ދަންމާލުމަށް ހުށަހެޅުއްވި ކަމަށް އަބުދުއްރަހީމްވަނީ ވިދާޅުވެފައެވެ.

ކުރިން ހަމަޖެހިފައިވާ ގޮތުން، މި ހަފުތާގެ ބުރާސްފަތި ދުވަހު މަޖިލީހުގެ މި ދައުރު ނިމުމަކަށް އަންނާނެއެވެ. ނަމަވެސް، ދައުރުގައި ނިންމަންޖެހޭ މުހިންމު މަސައްކަތްތަކެއް ހުރުމާ ގުޅިގެން، މި މަހުގެ 26 ވަނަ ދުވަހާ ހަމައަށް ދައުރު ދިގުކުރުމަށް މިއަދުގެ ވޯޓުގެ ވަގުތުގައި ވޯޓަށް އެހުމަށް ވަނީ ނިންމަވާފައެވެ.

މި އަހަރުގެ މެއި 28 ވަނަ ދުވަހު އެކުލަވާލެވުނު ވިހިވަނަ މަޖިލިސް އެކުލެވިގެންވަނީ 93 މެންބަރުންގެ މައްޗަށެވެ. މި މަޖިލީހުގައި ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީއަށް ސުޕަ މެޖޯރިޓީ ލިބިފައިވާއިރު، އެ ޕާޓީގައި 75 މެންބަރުން ހިމެނެއެވެ. މައިނޯރިޓީ ޕާޓީ އެމްޑީޕީގައި 12 މެންބަރުން ތިއްބެވެ. އެމްޑީއޭގައި ދެ މެންބަރުންނާއި، އެމްއެންޕީ އަދި ޖޭޕީގައި އެއް މެންބަރު ބެއިތިއްބެވެ. އަދި ވަކި ޕާޓީއަކަށް ނިސްބަތްނުވާ ދެ މެންބަރުންވެސް މަޖިލީހުގައި ހިމެނެއެވެ.

މަޖިލީހުގެ ފުރަތަމަ ދައުރު ނިމުމަކާ ހަމައަށް އައިއިރު، ގިނަ މުހިންމު ބިލުތަކެއް ހުށަހެޅި، ކޮމިޓީ މަރުޙަލާގައިވެސް ގިނަގުނަ މަސައްކަތްތަކެއް ކުރެވިފައިވެއެވެ. މީގެ ތެރޭގައި އިޒްރޭލު ޕާސްޕޯޓު މަނާކުރުމަށް ހުށަހެޅިފައިވާ ބިލުގެ މަސައްކަތްވެސް ހިމެނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.