މި ސަރުކާރުގައި އެއްވެސް އިހުލާސްތެރިކަމެއް ނެތް: ފައްޔާޒު

މި ސަރުކާރުގައި އެއްވެސް އިހުލާސްތެރިކަމެއް ނެތް: ފައްޔާޒު

މިހާރުގެ ސަރުކާރުން ޢަމަލުކުރަމުންދަނީ ރިޔާސީ އިންތިޚާބުގައި ދެއްކެވި ވާހަކަތަކާއި ރައްޔިތުންނަށް ވެވުނު ވަޢުދުތަކާ މުޅިން ޚިލާފަށް ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ. މިރޭ ބޭއްވުނު އެމްޑީޕީގެ "ހަވީރު ބެރު" ޕެނަލް ޑިސްކަޝަންގައި ވާހަކަފުޅު ދައްކަވަމުން ފައްޔާޒް ވިދާޅުވީ މިއީ އިޚްލާޞްތެރިކަމެއް ނެތް ސަރުކާރެއް ކަމަށެވެ.

މި ސަރުކާރުގެ ގެންގުޅެމުންދާ ޚާރިޖީ ސިޔާސަތާ ގުޅޭގޮތުން މި ޕެނަލް ޑިސްކަޝަންގައި ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވީ، މިހާރުދަނީ ސަރުކާރުން ދައްކަވާފައިވާ ވާހަކަތަކާ ޚިލާފަށް މުޅިން އެހެން މިސްރާބަކަށް ދާ މަންޒަރު ކަމުގައެވެ. މިކަން މިހެން ދިމާވަނީ ސަރުކާރުގެ އެއްވެސް ޕްލޭނެއް ނެތުމުން ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

ވަޒީފާތަކުން ނުކަނޑާނަމޭ، ކޮންމެ ގޮތަކަށް ކުރީ ސަރުކާރުން ކަންތައް ކުރިޔަސް.. ތިމަންމާމެން އެއްވެސް މީހަކު ނުކަނޑާނަމޭ… އެކަކު ވެސް ނުކަނޑާނަމޭ.. އިތުރޭ ތިމަންނާމެން ކުރަން ޖެހޭނީ..ފްލެޓާއި ގޯތި މުޅިން ގޯސްކޮށް ދީފައި ހުއްޓަސް އެ ނުނަގާނަމޭ.. މިހާރު އެވާހާކަތައް އަނބުރާ ގެނައީ.. މި ސަރުކާރުގައި އެއްވެސް އިހުލާސްތެރިކަމެއް އަދި މި ގައުމު ކޮނޑުއަޅައިގެން ކުރިއަށް ދިޔުމުގެ ގާބިލުކަމެއް ނެތް.

މިރޭގެ ޕެނަލް ޑިސްކަޝަންގައި ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވެފައި ވެއެވެ.

ފައްޔާޒު ވިދާޅުވެފައިވަނީ، ސިޔާސީ ވިސްނުމެއްގެ ސަބަބުން އެއްވެސް މީހަކު ވަޒީފާއިން ވަކި ނުކުރާނެ ކަމަށް ސަރުކާރުން ތަކުރާރުކޮށް ވިދާޅުވި ނަމަވެސް، މިއަދު އެ ވާހަކަތަކުގައި އެއްވެސް ބުރަދަނެއް ނެތް ކަމުގައެވެ.

އޭގެ އިތުރުން، ސަރުކާރުގެ މާލީ ސިޔާސަތުތަކާމެދު ކަންބޮޑުވުން ފާޅުކުރައްވަމުން، ފައްޔާޒް ވިދާޅުވީ ޑޮލަރުގެ ދަތިކަން ޙައްލުވެފައިވާ ކަމަށް ސަރުކާރުން ވިދާޅުވި ނަމަވެސް، އާންމު ރައްޔިތުންނަށް އެކަމުގެ އިޙްސާސެއް ނުކުރެވޭ ކަމަށެވެ.

ބޭންކުތަކާއި މާލީ އިދާރާތަކުގެ ބޯޑަށް ސިޔާސީ ފަރާތްތައް ޢައްޔަންކުރެވޭ ގޮތަށް ގަވާއިދަށް ގެނެވުނު އިޞްލާޙަށްވެސް ފައްޔާޒް ފާޑު ވިދާޅުވިއެވެ. އަދި މިފަދަ ބަދަލަކުން މާލީ ނިޒާމުގެ އިންޓެގްރިޓީއަށް އުނިކަން އަންނާނެ ކަން އޭނާ ފާހަގަ ކުރެއްވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *